2013 ގައި އޮންނަ ރިޔާސީ އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާގެ ކެނޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ތެރޭގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ވަގުތީ ކައުންސިލްގެ މެމްބަރ އަހުމަދު ނިމާލް ވިދާޅުވީ ޕްރައިމަރީ ބާއްވާނީ އަންނަ ފެބްރުއަރީ މަހު ތެރޭގައި ކަމަށާއި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެމްބަރަކަށް ލިބިގެންވާކަމަށެވެ.
ނަމަވެސް ޕްރައިމަރީ އޮންނާނެ ތާރީހު ކަނޑައަޅާނީ ޕާޓީގެ ކޮންގްރެސް އިން ހޮވާ ދާއިމީ ކައުންސިލުން ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
އަދި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް ނިކުންނަ އިރު ކޮލިޝަން ހަދާނެތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ އެޕާޓީގެ ކައުންސިލުން ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެފައިވާއިރު ރައީސް ޑރ. މުހްމަދު ވަހީދު ބޭނުންފުޅުނަމަ ޕީޕީއެމް ރިޔާސީ ޓިކެޓް އެމަނިކުފާނަށް ވެސް ލިބިވައިގެންނެވުމުގެ ފުރުސަތު އޮތް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވެފައިވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އޮތް ކަމަށާއި އެކަމަކު އެފުރުސަތު ލިބޭނީ ހަމައެކަނި ޕީޕީއެމްގެ މެމްބަރަކަށް ވެގެން ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަންނަ ފެބްރުއަރީގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ