ވިޔަފާރި ކުރުމަށް ދީފައިވާ ވަގުތުތަކަށް ބަދަލުތަކެއް

ކޮވިޑް19 ގެ ސަބަބުން މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް މީހުން ގޮސް އުޅުމުގައި ފުލުހުން ދީފައިވާ ވަގުތުތަކަށް ބަދަލުތަކެއް މިއަދުން ފެށިގެން އަންނާނެ ކަމަށް ބުނެފިއެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރަމަޟާން މަސް ކަމަށްވުމާއި އެކު މީގެކުރިން ވިޔަފާރި ކުރުމަށް ދީފައިވާ ވަގުތުތަކުގެ ތެރޭގައި ހިމެނޭ ހަވީރު 17:00 އިން އިރުއޮއްސި 19:00 އާ ދެމެދު އޮންނަ ވަގުތު މިހާރު އުނިކޮށްފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ އާއްމު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހެނދުނު 9:00 އިން ރޭގަނޑު 00:00 އާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އަންގާފައެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރި އަދި މި މަހުގެ 15ވަނަ ދުވަހު މާލެ އިން އެބަލި ފެނިފައިވުމާއި ގުޅިގެން އެ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. އަދި އެ ހާލަތުގައި ބޭރަށް ނިކުތުމާއި ވެހިކަލް ދުއްވުމަކީ މަނާ ކަމެކެވެ. މަގުތަކަށް ނިކުމެ އުޅެވޭނީ ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ