ރޭޕްކުރި ކަމަށް ތުހުމަތުކޮށް ކޯޓަށް ހާޒިރުކުރި މީހެއް މާ މުސްކުޅިވެ އޭނާ ރޭޕް ނުކުރާނެ ކަމަށް ކޯޓުން ނިންމައިފިއެވެ.
ކުއޭތްގެ ކޯޓަކުން މިގޮތަށް ހުކުމް ކޮށްފައިވަނީ މި މީހާގެ ވަކީލް ރޭޕްކުރެވޭ ވަރަށްވުރެ އޭނާ ބަލިކަށިކަން ކޯޓަށް ސާބިތުކޮށްދިނުމުންނެވެ.
"އަންހެނާ އުފުލާފައިވާ ތުހުމަތުގައި އެއްވެސް ބުރަދަނެއް ނެތް. މުވައްކިލަކ ވަރަށް މުސްކުޅި މީހެއް ބަލިކަށި މީހެއް އަންހެނަކު ރޭޕްކުރެވޭނެ މީހެއް ނޫން. އެކަމަށް ކޯޓުން ވަނީ އެއްބަސްވެފަ." ވަކީލް ބުނި ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މި މައްސަލަ ކޯޓަށް ވައްދާފައިވަނީ މި މީހާ ރޭޕްކުރި ކަމަށް ބުނާ އަންހެން މީހާއެވެ.
މީހާ މާ މުސްކުޅިވީމާ އޭނާ ރޭޕް ނުކުރާ ކަމަށް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ