ހުޅުމާލެއާއި، ވިލިމާލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުން ވޯޓުލުމަށް ލުއި ފަސޭހަގޮތްތަކެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރަޢީސް އަޙްމަދު ޝަރީފް ވިދާޅުވީ މާލޭގެ އެކި އަވަށްތަކުގެ ރަށްވެހިންނާއި، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުޅުމާލެއާއި، ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ވޯޓްލުމަށް މާލެއަށް އަންނަން ނުޖެހޭނެކަމަށެވެ. އޭގެބަދަލުގައި ހުޅުމާލެ ނުވަތަ ވިލިމަލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށެއްގެ ރައްޔިތެއްނަމަ، ހުޅުމާލެއާއި ވިލިމާލޭގައި ވޯޓުލުމަށް ރެޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އައްޑޫސިޓީ ހުޅުދުއާއި މީދޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރަށްވެހިން، ހުޅުދޫ ނުވަތަ މީދޫގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުން ވޯޓުލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކަށް އެތަނެއްގައި ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި ފުރުޞަތު އަންނަމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.
ވޯޓްފޮށި ބެހެއްޓުމަށް ހަޖެހިފައިވާ ޢަދަދަށް ބަލާއިރު، މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި ރަޖިސްޓްރީގައިވާ ފަރާތްތަކަށް 56ވޯޓުފޮށި، މޭލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަށް 72ވޯޓުފޮށި، ރިސޯޓްތަކަށް 36ވޯޓްފޮށި، ސިނާޢީ ރަށްތަކުގައި 6ވޯޓްފޮށި، ޖަލުގައި 4ވޯޓްފޮށި އަދި ރާއްޖެއިން ބޭރުގައި ބަހައްޓާ 7 ފޮށްޓާއެކު ޖުމްލަ 483ވޯޓްފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ.
ހުޅުމާލެއާއި، ވިލިމާލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުން ވޯޓުލުމަށް ލުއި ފަސޭހަގޮތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ