ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ގާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރުމަށްޓަކައި އެމަގާމަށް ކުރިމަތިލުމަށް އާއްމުކޮށް ހުޅުވާލާފައިވާއިރު، ގާސިމް އިބްރާހިމް ވަނީ އެމަގާމަށް ކުރިމަތިލުމަށް ނިންމާ، އެކަމުގެ ސިޓީ މިއަދު ޖުމްހޫރީ ޕާޓީގެ އޮފީހަށް ހުށައަޅާފައެވެ. ގާސިމްގެ ސިޓީއާއި ހަވާލްވެވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދެވެ.
އަލީ ވަހީދަށް އެޑްރެސްކުރައްވާ ގާސިމް ފޮނުއްވާފައިވާ ސިޓީގައި ވަނީ ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލައްވާކަން ހާމަކުރައްވާފައެވެ. އަދި ލީޑަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލަން ފާސްކޮށްފައިވަނީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ތިއްބެވި 61 މެމްބަރުންގެ އިއްތިފާގުންނެވެ. މި މަޤާމަށް ކުރިމަތިލުމަށް އެޕާޓީގެ މެންބަރުންނަށް ހުޅުވާލާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ކުރިންނެވެ.
މިއަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްއަށްފަހު ޕާޓީގެ އެންމެ އިސް މަގާމު ކަމަށްވާ ލީޑަރުގެ މަގާމު އޮތީ ހުސްވެފައެވެ. މަގާމު ހުސްކޮށް އޮތީ އެއްވެސް ބޭފުޅަކު އެމަގާމަށް ކުރިމަތިލައްވާފައި ނެތުމުންނެވެ.
އެހާތަނަށް ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި އޮނަރަބަލް ގާސިމް އިބްރާހީމް އޭރު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ބޭއިންސާފު ހުކުމެއްވެސް އިއްވައިފައެވެ. ނަމަވެސް ހޯމަ ދުވަހު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ގާސިމް މިނިވަންކުރައްވާފައެވެ.
ޖޭޕީގެ ލީޑަރުކަމަށް ގާސިމް އިބްރާހިމް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ