ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން މ. ދިއްގަރު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން އިސްމާއިލް ރޭ ނަން އަނބުރާ ގެންގޮސްފައި ވަނިކޮށް ޕްރައިމަރީގައި ވާދަ ކުރައްވާ މ. ފުސްތުޅާގޭ މުހައްމަދު ހާނިމް ވެސް ނަން އަނބުރާ ގެންގޮސްފި އެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ޕްރައިމަރީގައި ވާދަ ނުކުރައްވާ ގޮތަށް ނަން އަނބުރާ ގެންދެން ހާނިމް އެދި ވަޑައިގެން ސިޓީ ލައްވާފައިވާ ކަމަށެވެ.
ހާނިމް ނަން ގެންދިއުމަށް އެދި ވަޑައިގެންފައިވާއިރު ޕްރައިމަރީގައި ވޯޓްލާނީ މާދަމާ އެވެ. އަދި އޭނާގެ ނަން ގެންގޮސްފިނަމަ މާދަމާގެ ޕްރައިމަރީގައި ވާދަ ކުރައްވާނީ ފާރިޝް މައުމޫނާއީ މޫސާ ނަސީރެވެ.
ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީން ހާނިމްގެ ނަން ވެސް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ