މެންޗެސްޓާ (ފެބްރުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ހެރީ މެގުއާ އިތުރު ވަގުތު ތެރޭގައި ޖެހި ގޯލުން މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ލެސްޓާ ސިޓީ އަތުން މޮޅުވެ މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދައިފި އެވެ.
ލެސްޓާ ސިޓީ ދޫކޮށް، މީގެ ފަސް އަހަރު ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑާ ގުޅުނު މެގުއާ މި ލަނޑު ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެކަން ސާފުކޮށް ވީޑިއޯ އިން ފެނުނު ނަމަވެސް، އެފްއޭ ކަޕްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ނުކުރާތީ، ލައިންސްމަން އޮފްސައިޑް ކަމަށް ނުނެގުމުން މި ގޯލު ވަނީ ބަލައިގަނެފަ އެވެ.
މެގުއާގެ ގޯލާ ބެހޭގޮތުން، ލެސްޓާއާ ހަވާލުވެ ހުރި ކޯޗު، ޔުނައިޓެޑަށް ވަގުތީ ގޮތުން މި ސީޒަނުގައި އިރުޝާދުދިނުމުގައި ވެސް ހަރަކާތްތެރިވި، ރޫޑް ވެން ނިސްޓެލްރޫއީ ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލެސްޓާ އަށް ލީޑުނަގައިދިނީ ބޮބީ ޑީކޯޑޯވާ ރީޑް އެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް އަރައި، މާ ލަސްތަކެއް ނުވެ، ޖޯޝުއާ ޒާކްޒީ ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ. އަދި އިތުރު ވަގުތުގެ ތިން ވަަނަ މިނިޓްގައި ޔުނައިޓެޑް މޮޅުކޮށްދިނީ މެގުއާ އެވެ.
ފަހު ވަގުތު މެގުއާ ޖެހި ގޯލުން ޔުނައިޓެޑް މޮޅުވެއްޖެ ފަހު ވަގުތު މެގުއާ ޖެހި ގޯލުން ޔުނައިޓެޑް މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ