އައްޑޫސިޓީ ރައްޔިތުން އުންމީދުކުރާތާ ގިނަ އަހަރުތަކެއް ފާއިތުވެފައިވާ ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އެބަ ބާރަށް ކުރިއަށް ގެންދަން!: ރައީސް ޑރ. މުޢިއްޒު

ޓޫރިޒަމް ދާއިރާޢިންވެސް ހަންކެޑެ ޕްރޮޖެކްޓް އިރާދުކުރެއްވީތީ އެވަނީ އިނިޝީއަލް ފިޒިކަލް މަސެއްކަތް ފެށިފަ. މިއަންނަ މަހު ތެރޭގަ ދެން އޮތް މަރުޙަލާއަށް ދާނެ. އެހެންވީމަ ޓޫރިޒަމް ދާއިރާވެސް އަބަދު ކުރަން ކުރަން އޮންނަ، އަބަދުވެސް އުއްމީދެއްގަ ތިބޭފުޅުން ތި ތިބޭ ތިބުމަށް ނިމުމެއް މި ގެނެސްދެނީ. އައްސޭރި ޓޫރިޒަމް މަޝްރޫއުގެ ތެރެއިން 6000 އެނދު ޤާއިމް ކުރުމުގެ މަސައްކަތްވެސް ޢަމަލީ މަސައްކަތަށް ގެންދިއުމަށް އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައި އެ ބޭފުޅުން އައިސް މަސެއްކަތް ފެށުމަށްޓަކާ އެ ހެދިފައިވާ މާސްޓަރ ޕްލޭންއާ އެއްގޮތަށް މި ކުރިއަށް މިދަނީ. އެއާޕޯޓް، ޙާޤީގީ އިންޓަރނޭޝަނަލް ރަނގަޅު ފެންވަރުގެ އެއާޕޯޓަކަށް، އަޅުގަނޑުމެން ހަވާލުވީއިރުގަ މަޝްރޫއެއް ފެށިފަ އެބައޮތް، އެހެން ނަމަވެސް ދަނީކީ ރަނގަޅަކަށް ނޫން. އެހެންވީމަ އެކަންކަން، އިރާދުކުރެއްވިއްޔާ ހަމަ ތިބޭފުޅުން އަބަދުވެސް ތި ދެކެމުން އައި ކަންކަން ޙާޞިލް ވާ ވަރުގެ އެއާޕޯޓަކަށް ހަދާ އެކިއެކި ޑެސްޓިނޭޝަން ތަކަށް އެކިއެކި އެއާލައިންތަކުން އައްޑޫ ސިޓީއަށް އައިސް ޓޫރިސްޓުން ގެނެވި، އެއީ ޝެޑިއުލްޑް އަދި ޗާޓާ ފްލައިޓްތަކުން އައިސް ތިބޭފުޅުން ތި އުއްމީދު ކުރަމުންދާ ފެންވަރަށް އެކަން ގެންދިއުމުގެ ޕްލޭންގަ މި މަސެއްކަތް ކުރަނީ. 
އެހެންވީމަ، ޓޫރިޒަމް ފުޅާކުރެވި، މަސްވެރިކަން، މަސްވެރިކަމަށް ބޭނުންވާ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އަޅުގަނުޑުމެން ވަޢުދު ވެފަ ވާނެ. އެކަމާ ބެހޭ މުހިއްމު ވަޢުދުތަކެއް. ހުޅުދޫގަ މަސް ބަންދުކުރާ ކާރުހާނާ ހެދުމާ މި ހުރިހާ އެތައް ވަޢުދެއް ވެފަ އެހެރީ. ތަކުރާރު ކުރާކަށް ނެތިން މިތާގަ ހުރިހާ ވަޢުދެއް. ހަމަ ބައެއް ކަންކަން މި ދަންނަވާލަނީ. އެއްގޮތަކަށްވެސް ހީފުޅު ނުކުރައްވާތި ބައެއް ކަންކަން އަޅުގަނޑު ދަންނަވާ ނުލީމަ އެއީ ނުކުރާ ކަންތައްކަމަށް.
އަޅުގަނޑު ވެފަވާ ކޮންމެ ވަޢުދެއް އެއީ ފުށްދަން ވެފަވާ ވަޢުދުތައް. ލިޔެވިފަ އެހެރީ ވަރަށް ސާފުކޮށް ފެންނާނެ. އެހެންވީމަ މި 5 މަސްތެރޭގަ  ކުރެވުނު ކަންކަން މި ދަންނަވާލީ.5 މަސް ތެރޭގަ އަޅުގަނޑުމެންނަށް ފެށިފަ ހުރި ބައެއް ކަންކަން. ޝަންގްރިއްލާ މައްސަލަ އެއޮތީ ހައްލު ނުކުރެވި. އިރާދުކުރެއްވިއްޔާ އެކަންވެސް ހައްލު ކޮށްދޭނަން އަޅުގަނޑުމެން ވަރަށް އަވަހަށް. 
އެހެންވީމަ ނަތީޖާ ނެރުމުގެ ހަމައެކަނި ފޯކަސް އޮވެގެން މަސެއްކަތް ކުރާ ސަރުކާރަކަށް ބޭނުންވާނީ ރައްޔިތުންގެ އެއްބާރުލެއްވުން. މަޖްލިސްތެރެއިން ބޭނުންވާ ކުޑަކުޑަ ޕުޝްއެއް. އެއީ އަޅުގަނޑުމެންގެ މެންބަރުން ހޮވުން. އެކަން ކޮށްދެއްވީމަ ވަރަށް ބާރު ސްޕީޑުގަ އިރާދުކުރެއްވިއްޔާ،
އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އޮވެގެން މި ދަންނަވަނީ. ރާއްޖެގެ ލޮބުވެތި ރައްޔިތުން ހުރިހާ ރައްޔިތުންނަށް މި ދަންނަވަނީ، ވަރަށް ބާރު ސްޕީޑުގަ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފެންވަރަށް ހުރިހާ ކަމެއް އަޅުގަނޑު ވަޢުދުވީގޮތަށް ކޮށްދޭނަން މި 5 އަހަރު. އެހެންވީމަ އަޅުގަނޑުމެންގެ 93 ކެނޑިޑޭޓުން ހޮވާ ދޭންވީ، ރާއްޖޭގެ ހުރިހާ ދާއިރާތަކަކުން. އޭގެ ނަތީޖާ ހަމަ ޙަޤީގަތުގަވެސް ރަނގަޅުވާނެ. އަޅުގަނޑުމެން ބޭނުންވަނީ މި ޤައުމަށް ހަމަޖެހުން އަންނަން. ހަމަޖެހުންނެތި އަޅުގަނޑުމެން ކިހިނެއްތޯ، އެއްވެސް މާނައެއް، ޙަޤީގީމާނައެއް ދޭހަވާ ކުރިއެރުމެއް ޤައުމަށް ގެންނާނީ. މި މަޖްލިސް އަޅުގަނޑުމެންނާ ދެކޮޅަށް މަސެއްކަތްކުރާ އަބަދު ބަދަލު ހިފުމުގެ ރޫޙު ގެންގުޅޭ ބަޔަކަށް ފުރުސަތު ދީގެން ގޮނޑިތައް ފުރާލަން ފުރުޞަތު ދީފިއްޔާ ފެންނާނީ ދެކޮޅު ހެދުން ނޫންތޯ. ހަމަނުޖެހުން ނޫންތޯ ފެންނާނީ. ކޮންމެ ދުވަހަކު ސަރުކާރަށް މި ދެންނެވި ނަތީޖާ ނެރުން އެކަނި  ފޯކަސްގަ އޮތަ ސަރުކާރަށް ހުރަސްއެޅުން ނޫން ކަމެއް ކުރާނެތޯ. މިދިޔަ 5 މަހު ފެނުނީ އެކަންތައް ނޫންތޯ. 
އެއަވެސް ސަބަބެއް ނެތި، މިސާލަކަށް ވަޒީރުންނަކަށް ރުހުމެއް ނުދިން ސަބަބެއް ނުވެސް ނެތި. އެންމެ މިސާލެއް. އެހެންމަ މިގޮތަށް އެތައް ކަމެއް ދިޔައީ މިދިޔަ 5 މަހު. އެހެންވީމަ ނަތީޖާ އެކަނި ނެރުން ފޯކަސްގަ އަޅުގަޑުމެންގެ މިއޮތީ. ނަތީޖާ އެކަނި 5 މަހު ނެރުނީ. ހަފްތާ 14 ގައި ހުރިހާ ކަމެއްވެސް ވަޢުދުވީގޮތަށް ކޮށްދީ، އެތައް ކަމެއް މިވަނީ ކޮށްފަ. އެހެންވީމަ ކުރިއަށް އޮތް 4 އަހަރާ 7 މަސްދުވަހުގެ މަސެއްކަތް މި 5 އަހަރުގެ ބާކީ އޮތް. އެ ދުވަސްތަކުގެ ޕްލޭންކުރެވިފަ އެހެރަ ވަޢުދުތަކުގަ އެހެރަ ކަންކަން ނަތީޖާ ނެރެދީ ދެއްކުމަށްޓަކާ ރައްޔިތުންގެ މަޖްލީހުގެތެރެއިން އެ ބޭނުންވާ އެއްބާރުލުން ނުދޭނެ ބަޔަކު ހޮވައިގެން ކީއްކުރަންތޯ ރައްޔިތުން އެ ދޭތެރެ މެދުގަ ތާށިވާންވީ. ރައްޔިތުންގެ މަޖްލީހުގަ ތިބޭ މީހުން ކޮންމެ ދުވަހަކު ސަރުކާރާ ދެކޮޅަށް މަސެއްކަތްކުރަނީ، ސަރުކާރުން ރައްޔިތުން މަޖްލީހުގަ ކަންކަމުގަ ޖެހޭނީ އެކި ގޮތްގޮތުން އާދޭސް ކުރަން. އެއެއް ނޫން ރައްޔިތުންނަށް ކަންކަން ކޮށްދޭންވީ ގޮތަކީ. އެހެންމަ ރައްޔިތުން އަތަށް މި އަންނަނީ ވަރަށް މުހިއްމު ބާރެއް. ވަރަށް މުހިއްމު ޒިންމާއެއް ޙަޤީގަތުގަވެސް އަދާކުރަން މ ލިބެނީ. ވަރަށް ތެދުވެރުކަމާ އެކީގަ، އަޅުގަނޑުމެންގެ ހުރި އެއްވެސްކަހަލަ ޒާތީ ޚިޔާލުތަފާތުވުމަކަށް ފުރުސަތު ނުދެއްވާ މި ދެންނެވި ވިސްނުމަށް އަޅުގަނޑުމެންގެ ފާހަގަ ޖެހުމުގަ އިސްކަން ދޭންވީ. 
ފަހަރެއްގަ މިސާލަކަށް އަޅުގަނޑުމެންގެ މި 8 ކެނޑިޑޭޓުންގެ ތެރެއިން ކޮންމެވެސް ކެނޑިޑޭޓަކަށް އެ ކެނޑިޑޭޓަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ އޮވެދާނެ ޚިޔާލު ތަފާތުވުމެއް. މާޒީގެ ކަމަކުން މިސާލަކަށް. ޕާޓީގެތެރޭގަ ހިނގި ކަމަކުން މިސާލަކަށް. އެބޭފުޅާ ނިސްބަތްވާ އާއިލާ ނޫން އާއިލާއަކަށް ނިސްބަތް ވާތީ އެބޭފުޅާ. މީ އާއްމުކޮށް ރަށްރަށުގަ ވޯޓުލުމުގަ ހިނގާ ކަންކަން. އެއިން އެއްވެސްކަމެއް އެ ފާހަގަ ޖެހުމުގަ ދޭތެރެ މެދަށް އައުމުގެ ފުރުސަތު ނުދެއްވާށޭ. އަޅުގަނޑު ކުރާ އިލްތިމާސްއަކީ.
އަޅުގަނޑުމެންގެ މި އަމިއްލަ އީގޯ، އަޅުގަނޑުމެންގެ އަމިއްލަ މަސްލަޙަތު، އެއެއް ނޫން އިސްކުރަންވީ މި ފާގަހަ ޖެހުމުގަ. އިސްކުރަންވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމުގަ ވަޢުދުވެ، އެ ކަންތައްތައް  ކޮށްދިނުމުގަ ރެއާ ދުވާލު ހޭދަކުރަމުންދާ ސަރުކާރެއް ރައްޔިތުން ހޮވާފަ އެ ސަރުކާރަށް ފުރުޞަތު ދިނުމުގެ ވިސްނުން. އެއީ އިސްކުރަންވީ މަސްލަހަތަކީ. މި ޤައުމުގަ ހަމަޖެހުން ޤާޢިމް ކުރުމުގެ ވިސްނުން އިސް ކުރަންވީ. އެ ފާހަގަ ތިމަންނައަށް އެ ބޭފުޅަކު ފަރާތުން މީގެ ކުރިން ދުވަހަކު  އޮތީ ގޯސްކޮށޭ ގޮސްފަ. ތިމަންނަ އެދޭގޮތަކަށް ނޫނޭ އޭނަ ކުރި ކަން ކޮށްފަ އޮތީ. ކޮންމެސް ކަމެއް ހިނގާފަ އޮވެދާނެ. އެޔެއް ނޫން. އަޅުގަނޑުމެންގެ ފަރާތުން ރަސްމީކޮށް ހޮވިފަ ހުރި ކެނޑޑޭޓް، އަޅުގަނޑުމެން އެންޑޯސްކުރާ ކެނޑިޑޭޓް، އަޅުގަނޑުގެ ފުރިހަމަ އިތުބާރާ ތާއީދު އެ ބޭފުޅަކަށް އޮތް ކެނޑިޑޭޓް ކަމަށް ވަންޏާ އެބޭފުޅަކަށް ފުރުޞަތު ދެއްވީމަ މި ދެންނެވި ނަތީޖާ ނެރުމަށް ތި ބޭފުޅުންނަށްޓަކާ ތިބޭފުޅުން ޖަހާ ފާހަގައަކަށް އެ ފާހަގަ ވެގެން އެދަނީ. މި ދެންނެވި ގޮތަށް ފާހަގަ ޖެއްސެވީމަ މި ޤައުމުގަ ތަރައްޤީ ޔަޤީން ވެގެންދާނެ. ޔަޤީން ކޮށްދޭނަން އަޅުގަނޑު އިރާދުކުރެއްވިއްޖެއްޔާ. މި ޤައުމުގަ ހަމަޖެހުން އިރާދުކުރެއްވިއަޔާ ޔަޤީން ވެގެން ދާނެ. 
އަޅުގަނޑު ފުރޞަތެއް ނުދޭނަން. އަޅުގަނޑޫ ބޭނުންމެއް ނޫން މި ޤައުމުގަ ހަމަނުޖެހުން ޤާއިމް ކުރާކަށް، މި ދިޔަ 5 މަސްތެރޭގައި ފެނިފަ އޮންނާނީ އެތަން. އެއްވެސް ބޭފުޅަކަށް ފެނިވަޑައި ނުގަންނަވާނެ ސިޔާސީ ޚިޔާލު ތަފާތުވެގެން ފުލުސް އޮފީހަށް ގެންގޮސް މީހަކު ހައްޔަރު ކުރި ތަނެއް. މީގެ ކުރީގަ ފެނުނީ ކޮންތަނެއްތޯ؟ ރައީސްކަން ކޮށްފިއްޔާ އޮޓަމެޓިކުން ޖަލަށް. މި ސަރުކާރުގެ ތެރޭގަ ފެނޭތެ އެކަން؟ ނުފެންނާނެ. އަޅުގަނޑު ބޭނުންވަނީ ހަމަޖެހުން ޤާއިމް ވާން. ބަދަލު ހިފުމުގެ ރޫޙު ތާއަބަދަށް މި ޤައުމުން ނެތިގެން ދާން. އެ ވިސްނުމުގެ ކެނޑީޑޭޓުން އަޅުގަނޑުމެންގެ ފަރާތުން މި ތިއްބެވީ. އިދިކޮޅުން ފެންނަނީ ބަދަލު ހިފުން. ބަދަލުހިފަން ހުރިހާ ވާޙަކައެއްވެސް ބަދަލުހިފަން، އަޅުގަނޑުމެންނާ ދެކޮޅަށް ބަދަލުހިފަން، ސަރުކާރު ބަދަލުކުރުމުގެ ވިސްނުން. އަޅުގަނޑުމެންގެ ވަޒީރުން ވަކިކުރުމުގެ ވިސްނުން. ބަދަލު ހިފުން. މި ވިޝަސް ނެވަރ އެންޑިންގް ސައިކަލް ހުއްޓުމަކަށް ގެންނަން ޖެހޭ. އެކަން ކުރެވޭނީ މި އަޅުގަނޑު މެންގެ މި އިޚްލާސްތެރި ތެދުވެރި ވިސްނުމުގަ މަސެއްކަތް ކުރުމުގެ ކެނޑިޑޭޓުން ހޮވާދީގެން. ސީރިއަސް މަސެއްކަތްތަކެއް ކުރަން އަޅުގަނޑު ބޭނުން. އެތައް ބިލެއް ފާސްކުރަން އެބަޖެހޭ އެތައް ކަމަކަށް. މިސާލަކަށް ގެދޮރުވެރިކަމުގެ ދާޢިރާޢިން މި މާލެސިޓީކަހަލަ ރާއްޖޭގެ ބައިބޯ ރަށްތަކުގަ ސިޓީތަކުގަ ގެދޮރިވެރިކަން ޤާއިމްކުރެވޭނީ އެފަދަ ބޭރު ޤައުމުތަކުގަ ކަންކަން ކޮށްފަ ހުރިގޮތަށް ޤަނޫނުތައް ހަދައިގެން. އެކަންކަން ކުރުމުގަ ސީރިއަސް މަސެއްކަތް މީ. އެތަނަށް ހޮވާ މީހުން މި ކަންކަމަށް ދެކޮޅު ހަދަން، އެމީހުންގެ ޕާޓީން ގޮތެއް ނިންމީމަ، ވިޕްލައިނެއް އެޅީމަ، އެ ވިޕް ލައިނާ ޚިލާފު ނުވެވޭނެތީ އެ ވޯޓު ނުދެވޭ ކަހަލަ މީހުންނެއް ނޫން ހޮވަންވީކީއެއް. 
- ރައީސް ޑރ. މުޙައްމަދު މުޢިއްޒު / މާލެ ސިޓީގަ ދިރިއުޅޭ އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައޮި ދެއްކެވި ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ