ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކުގެ 100އަށް ވުރެ ގިނަ ކޯހަށް ހުޅުވާލައިފި

ވިލާ ކޮލެޖުން އަންނަ ސެޕްޓެންބަރުގެ އިންޓޭކަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100އަށް ވުރެ ގިނަ ޕްރޮގްރާމަކަށް ކުރިމަތިލެވޭނެ އެވެ.
ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް އެ ކޮލެޖަށް ގުޅުމުން ނުވަތަ ކެމްޕަހަށް ޒިޔާރަތް ކުރުމުން ކެރިއަ ގައިޑެންސްގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން:
އެޕްލިކޭޝަން ހުށައެޅޭނެ އެންމެ ފަހު ތާރީހު: 15 އޮގަސްޓް
އޮންލައިން އެޕްލިކޭޝަން
ތަފްސީލް - މި އިންޓޭކްގައި ހުޅުވާލާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި:
އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރު ސައިންސް، ސައިބަ ސެކިއުރިޓީ، ޑާޓާ ސައިންސް އަދި ސޮފްޓްވެއަ އިންޖިނިއަރިން، 
ލޯ އަދި ޝަރީއާ 
އިސްލާމީ ފައިނޭންސް 
އޯލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން 
ކޯޕަރޭޓް ގަވަނަންސް 
ޕޮލިޓިކަލް ސައިންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސް 
ޓީޗިން (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، ސެކަންޑަރީ) 
ބިޒްނަސް މެނޭޖްމަންޓް އަދި މާކެޓިން 
އެކައުންޓިން އެންޑް ފައިނޭންސް އަދި ބޭންކިން އެންޑް ފައިނޭންސް 
ހިއުމަން ރިސޯސް މެނޭޖްމަންޓް 
އިންޓަނޭޝަނަލް ބިޒްނަސް
އިކޮނޮމިކްސް
ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ 
މާސް ކޮމިއުނިކޭޝަން
ޕްރޮޖެކްޓް މެނޭޖްމަންޓް
އޭވިއޭޝަން މެނޭޖްމަންޓް
އިންޖިނިއަރިން (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް، މެކަޓްރޯނިކްސް)
ނާސިން، ޕަބްލިކް ހެލްތު، ހެލްތު ސާވިސަސް މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އަދި ކައުންސެލިން 
ރިސާޗު ސްޓަޑީސް 
އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން 
ކަލިނަރީ އާޓްސް
ވިލާ ކޮލެޖުން ރާއްޖޭގައި ތިބެގެން ބައިނަލްއަގުވާމީ ޑިގްރީތައް ހާސިލުކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން:
އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތު ޔުނިވަސިޓީ އަދި މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީ އާއި ޔުނިވަސިޓީ އޮފް ސައިބަޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދޭ 
ޕޯޓްސްމޯތު ޔުނިވަސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިން ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަސިޓީގައި ފުރިހަމަކުރުމުގެ ފުރުސަތު ވެސް ލިބޭނެ
ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަންކޮށްފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުމަށެވެ.
މި މަގްސަދު ހާސިލުކުރުމަށްޓަކައި، ކޮންމެ ޕްރޮގްރާމެއްގައި ވެސް ސިމިއުލޭޝަންތައް، އިންޓާންޝިޕް، އެކްސްޓަންޝިޕް އަދި އިންޑަސްޓްރީއާ ގުޅިގެން ހިންގޭ ޕާޓްނަރޝިޕްތަކުގެ ދަށުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.
މި ނިޒާމުގެ ސަބަބުން، ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ގާބިލު، ހުނަރުވެރި ބަޔަކަށް ހެދުމަށް ހާްއްސަ އިސްކަމެއްދެ އެވެ.
ދަރިވަރުންގެ ތައުލީމީ ދަތުރު ފަސޭހަކޮށް، އެންމެ ފުރިހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީ އަދި ދަރިވަރުންގެ ކިޔެވުމުގެ މަރުހަލާއަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ދުވަސްތަކެއް ކަމަށް ހެދުމަށް ވިލާ ކޮލެޖުން ހާއްސަ އިސްކަމެއްދެ އެވެ. މިގޮތުން:
ލާނިން ސަޕޯޓް ބޭނުންވާ ހުރިހާ ދަރިވަރުންނަށް ގްރޫޕްކޮށް އަދި ވަކިވަކިން ލާނިން ސަޕޯޓްގެ ހިދުމަތް
ޕިއަ-އެސިސްޓެޑް ލާނިން
ވީ-ކެއަ ކައުންސެލިން އެންޑް ސައިކޯތެރަޕީ ސެންޓަރު މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން
ދަރިވަރުންނަށް ހާއްސަ ޖިމް ފެސިލިޓީއަކާއި ކެމްޕަސް ތެރޭގައި އެހެނިހެން ކުޅިވަރުތައް
ދަރިވަރުން އަމިއްލައަށް ކިޔެވުމަށް ބޭނުން ކުރުމަށްޓަކައި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާއި ވީއާރު/އާއާރު ހިމެނޭހެން ތައްޔާރުކުރެވިފައިވާ ލާނިން ހަބް
އެކިއެކި ޕްރޮގްރާމްތަކަށް ހާއްސަކޮށްފައިވާ 16 ލެބޯޓަރީ
ވިލާ ކޮލެޖުގެ ކްލާސްތައް ރާވާލާފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި އާއިލީ ޒިންމާތަކާ އެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭހެންނެވެ. އެގޮތުން، އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއް ވެސް އޮންލައިންކޮށް ވެސް ކިޔެވުމުގެ ފުރުސަތު ލިބޭެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ