އުމްރާ އަށް ދިޔަ މީހަކު ނިޔާވެއްޖެ

ރާއްޖޭން އުމްރާގެ އަޅުކަމަށް ދިޔަ މީހަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ގއ. ކޮލަމާފުށި ގަސްދޮށުގޭ މުހައްމަދު ޒަކީ، 83، އެވެ. އެ ގްރޫޕް އިން ބުނީ އޭނާ ނިޔާވީ ރޭ ދަންވަރު މައްކާ ގަޑިން 12:00 ޖަހާ އެހާކަށްހާ އިރު ކަމަށެވެ.
ޒަކީ ނިޔާވީ މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަ ކުރުމަށް ފަހު އެ ދަތުރުގައި އިތުރު އުމްރާއެއް ކުރުމަށް މަދީނާގެ މީގާތު ޒުލް ހުލައިފާއިން އިހްރާމް ބަނދެގެން މައްކާގެ ހޮޓަލަށް ދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެސް ގްރޫޕުން ބުންޏެވެ.
ޒަކީއާ އެކީ އުމްރާ ދަތުރުގައި އަންހެނުންނާއި ފިރިހެން ދަރިންގެ އިތުރުން އަންހެން ދަރިފުޅާއި، ދެ ދެދަނބިދަރިން ވެސް ބައިވެރިވި އެވެ.
ޒަކީގެ ޖަނާޒާ ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި މައްކާގައި ކިޔަވަން ތިބޭ ދަރިވަރުންގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށް އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގްރޫޕުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ