ހެޕީމާރކެޓްގެ ސީއީއޯ އަލީ އިހްސާން ޕްރޮޕެޝަނަލް ޑޮކްޓޯރަލް ސެޓްފިކެޓް ޙާސިލް ކުރައްވައިފި ރަމަޟާން މަހާއި ދިމާކޮށް ހެޕީމާކެޓުން ކުކުޅު އަގުހެޔޮކޮށް އާ ޕްރޮޑަކްޓްތައް ތަޢާރަފް ކުރަނީ ހެޕީމާކެޓްގެ އައުޓްލެޓެއް ހިތަދޫގައި ހުޅުވައިފި އަންނަ އަހަރު ރޯދައިގެ ނި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަމުން އަންނަ ކުންފުންޏެއް ކަމަށްވާ ހެޕީ މާކެޓުން އައްޑޫސިޓީގައި ޚާއްސަ 2 އިވެންޓެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ހެޕީ މާކެޓުން މިއަހަރު އަލަށް ތަޢާރަފްކުރި ޕްރޮޑަކްޓްތަކާއެކު ހޮނިހިރު ދުވަހުގެ އިވެންޓް އޮތީ އަންނަ ހޮނިހިރު ދުވަހު ހަވީރު ފޭދޫ ބަނދަރު ސަރަޙައްދުގައެވެ. ހިތަދޫއަށް ޚާއްސަ ކޮށްގެން ބާއްވާ ޙަރަކާތް އޮތީ އަންނަ އާދީއްތަ ދުވަހު ހަވީރު އައްޑޫސިޓީ ސްކޮޔަރ ގައެވެ. ކުޑަކުދިންގެ މުނިފޫހި ފިލުވުމާއި މަޝްހޫރު ރޮބަމޭންގެ ތަފާތު ޙަރަކާތް ފެނިގެންދާ މި އިވެންޓްގައި ހެޕީމާކެޓުން ރާއްޖެއަށް އަލަށް ތަޢާރަފްކުރި ގިނަ އަދަދެއްގެ ޕްރޮޑަކްޓް ތައް ދައްކާލުމާއި އަޖުމަ ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހެޕީމާކެޓުންވަނީ މި އަހަރު ތެރޭގައި ގިނަ އަދަދެއްގެ އާ ޕްރޮޓަކްޓްތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފައެވެ. އޭގެ ތެރޭގައި ހެޕީޑޭގެ ކޮކޯ ޕައިން އެޕަލް އަދި ރެޑް ގްރޭޕްސް ފްލޭވަރގެ 1 ލީޓަރ ޖޫސް ޕެކެޓް، ރައުޙް ބްރޭންޑްގެ ސްޕާކްލިން ޕީޗް ޖޫސް، ޕީޗް ފްލޭވަރ އަދި ކޮކޯޕައިން އެޕަލް ފްލޭވަރގެ 200މލ ޖޫސް ފުޅި އަދި 330މލ ގެ އައިސް ޕީޗް އާއި އައިސް ލެމަން ޓީ، އޮލްޑަންބަރގަރ ބްރޭންޑްގެ ކްރެމް ބްރޫލޭ ޕެކެޓް، ވިޕިންގް ކްރީމް، ކުކިންގެ ކްރީމް، ފޯޗިއުން ބްރޭންޑްގެ ބިރިޔާނީ ކިޓް، ފޯޗިއުން ބްރޭންޑްގެ އާޓާ 1 ކިލޯގެ ފުށްޕެކެޓް، ޓީޝާސް ބްރޭންޑްގެ ފަރާޓާގެ ބާވަތްތައް، ވެގަރ ބްރޭންޑްގެ ޓޮމާޓޯ ޕޭސްޓްގެ ތިން ސައިޒެއް، ބެގަރ ބްރޭންޑްގެ ކްރީމް ޗީސް ސްޕްރެޑް އަދި 250ގ ގެ ކްރީމް ޗީސް ޕެކެޓް، ސެން ރެމޯ ބްރޭންޑްގެ 3 މިނެޓް ތެރޭ ކައްކާލެވޭ ސްޕެގެޓީ އަދި މެކަރޯނީ، މޫންގް ދާލް އަދި މަސޫރު ދާލްގެ 1 ކިލޯ އަދި 500ގ ޕެކެޓް، ސިއަރާ ބްރޭންޑްގެ 2.25 ކިލޯގެ ކޮށިކުކުޅު ޕެކެޓް ހިމެނެއެވެ.
އައްޑޫ ސިޓީ އަކީ ހެޕީމާކެޓުން ދެވަނަ އަށް ހުޅުވި ޑިސްޓްރިބިއުޝަން ސެންޓަރ ހުންނަ ސިޓީ އެވެ. އައްޑޫ ސިޓީ ފޭދޫ އަދި ހިތަދޫ ގައި ހެޕީމާކެޓްގެ 2 ފިހާރައެއް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ