އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' އަދި އެކްސެސިބިލިޓީ އިތުރުކޮށް އާ ފީޗާސްތަކެއް

އެޗްޑީސީ ގެ ވެބްސައިޓަށް އާޓިފިޝަލް އިންޓެލިޖެންސް
(އޭއައި) ބޮޓް "މިތުރު" ތައާރަފުކޮށް، އެކްސެސިބިލިޓީ
އިތުރުކުރުމަށްޓަކައި  އާ ފީޗާސްތަކެއް
ތައާރަފުކޮށްފިއެވެ.
3 ޑިސެންބަރު 2025 ވަނަ ދުވަހު
ނުކުޅެދުންތެރިކަން ހުރި 30 ފަރާތަކަށް
ވަޒީފާ ދިނުމަށް އެ ކޯޕަރޭޝަނުން ބޭއްވި ރަސްމިއްޔާތުގައި މިކަން
އިފްތިތާހުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ.
ޢާއިޝަތު ޝިހާމްއެވެ.
މި ވެބްސައިޓަށް އަލަށް ތައާރަފް ކުރެވުނު ފީޗާރ ތަކަކީ
ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެބްސައިޓް ބޭނުން ކުރަން
ފަސޭހަކޮށްދިނުމަށް ތައާރަފް ކުރެވުނު ފަންކްޝަންތަކެކެވެ. ވެބްސައިޓަށް
އިތުރުކުރި ފަންކްޝަންތަކުގެ ތެރޭގައި، ވެބްސައިޓް ބޭނުންކުރާ ފަރާތަށް ފަސޭހަ
ވާނެހެން އަކުރުތަކުގެ ސައިޒު ބަދަލުކުރުމާއި، ކުލަ ސްކީމް ބަދަލުކުރުމުގެ
އިތުރުން ސްކްރީން ރީޑަރ ފަންކްޝަން ވެސް ހިމެނެއެވެ.
މީގެ އިތުރުން ޑިސްލެކްސިޔާ ހުންނަ ފަރާތްތަކަށް
ވެބްސައިޓްގެ މައުލޫމާތުތައް ކިޔައިލުން ފަސޭހަ ކުރުމަށްޓަކައި،
"ޑިސްލެކްސިޔާ ފްރެންޑްލީ" ފޮންޓެއްވެސް ވަނީ މި ފީޗާސްތަކުގެ ތެރެއިން
ތައާރަފުކުރެވިފައެވެ. މިއީ އެޗްޑީސީން އާންމުކޮށް ހިދުމަތް ހޯދާ ހުރިހާ
ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް
ކުރެވުނު މުހިއްމު މަސައްކަތެއްކަމަށް އެޗްޑީސީއިން ބުނެއެވެ. 
އެ އިދާރާއިން މައުލޫމާތު ދޭގޮތުގައި ވެބްސައިޓަށް މި ގެނެވުނު ބަދަލާ އެކު،
އެ ވެބްސައިޓުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް
ފަސޭހަވާނެއެވެ.
އަދި ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް
ފަސޭހަކަމާއެކު ދިރިއުޅެވޭނެ، ޝާމިލު މާހައުލަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ
މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުންގެންދާނެކަމަށް ވެސް މައުލުމާތުދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ