ގާޒީ ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރެއްވި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި އެވެ. 
ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް ގާޒީ ޝަކީލު އިއްވަވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ. 
އެހުކުމަކީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވައިގެން އިއްވާފައިވާ ހުކުމެއްކަމަށާއި، ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގާނޫނީ ޓީމުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެ މައްސަލައިގެ ހުކުން ކުރެއްވި ގާޒީ އެވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފަ އެވެ. 
Advertisement
ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމުގެ ތެރެއިން ފަހުން ޖޭއެސްސީން އިއުލާން ކުރި މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިއަދު މެންދުރު 12 ޖަހާއިރުއެވެ. 
މީގެ ކުރިން ވޮޑުމުއްލާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޖަލުހުކުން ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ވަނީ އެ ހުކުމަށްފަހު ހައިކޯޓު މަރުހަލާވެސް ކަނޑައްތުކުރުމަކާއު ނުލާ ސުޕްރިމް ކޯޓުގެ ބެންޗަށް އައްޔަން ކުރައްވާފައެވެ. 
އަލީ ރަޝީދަށް އެ ލިބުނު ޕްރޯމޯޝަނަކީ ރައީސް ޔާމީނާއި ދެކޮޅަށް ހުކުމްކުރުމުގެ ބަދަލެއްގެ ގޮތުން ދިން ޕްރޮމޯޝަނެއްކަމަށް އިދިކޮޅުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ