ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި ތިން މެންބަރުން އައްޔަނުކޮށްފި

ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމުގައި މާލީ ދާއިރާ ކުރިއެރުވުމަށް އުފެއްދި ކުންފުނީގެ ބޯޑަށް ޗެއާޕާސަނަކާއި ތިން މެންބަރުން ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އިއްޔެ އައްޔަނުކޮށްފިއެވެ. އެ ބޯޑަށް އައްޔަނުކުރީ: ޗެއާޕާސަންއަކަށް ފާތިމަތު ޝާހީން، ދަފްތަރު ނަމްބަރު ރސ،8087 ބޯޑު މެންބަރަކަށް އަހުމަދު ސިރާޖް، ވ، ސިނަމާލެ 4 04-2 މެންބަރަކަށް މުޙައްމަދު ރިޔާޟް، ވ، ނަލަދުވެލި ބޯޑު މެންބަރަކަށް އައިމިނަތު ޝައުޝަން އަފީފް، ސ. ފޭދޫ، ސުހާނާވިލާ ޕީސީބީން ބުނީ، އެކުންފުންޏަށް ބޭފުޅުން އައްޔަނުކުރީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކޮށް، ކޯޕަރަޓައިޒްކޮށް، މޮނިޓަރު އަދި އިވެލުއޭޓުކުރުމުގެ ގާނޫނުގައިވާ ގޮތުން މަތިން ކަމަށެވެ. މި ބޯޑުގެ ޗެއާޕަސަންކަމަށް އައްޔަންކުރި ޝާހީން ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި، "މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަން ބޯޑު"ގެ މެންބަރުކަން ކުރައްވައިފައެވެ. މި މަހު އެކެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން މި ކުންފުނި އުފެއްދެވީ ގާނޫނު ނަންބަރު 2023/7 (ކުންފުނީގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުންނެވެ. މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސާވިސަސްއާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގެ ޚިދުމަތްތައް ހިމެނޭގޮތުން މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. https://sun.mv/206745 އެއާއެކު، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމަށް އެ އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ، "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 100،000،000 (ސަތޭކަ މިލިޔަން) ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 1،000،000،000 (އެއް ބިލިޔަން) ރުފިޔާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ