ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރަމުން ގޮސް، ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް 2017 ގެ ނިޔަލަށް ފުލުހުންގެ ޚިދުމަތް ފަށައިގަނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެެއެވެ.
މިއަދު ދ. މީދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް ފުލުހުންގެ މަރުކަޒު މީދޫގައި ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް ފުލުހުން ތިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްް ޤައްޔޫމުގެ ސަރުކާރުގެ މެނިސްފެސްޓޯގައި ހިމެނިގެން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރައްވާ ކަމެއް ކަމަށެވެ. އެކަމަށް ރައީސުލް ޖުމުހޫރިއްޔާ ޚާޢްޞަ އިސްކަމެއް ދެއްވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތް ފުޅާކުރެވެމުންދާ މިންވާރަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މި އަމާޒަށް ވާޞިލްވުމަށްޓަކައި މިއަހަރު ތެރޭގައިވެސް ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފެއްްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ޖޫންމަހުގެ ތެރޭގައި އިތުރު 20 ރަށުގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ ތައްޔާރީތައް ނިމިފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.
ހޯމް މިނިސްޓަރު އުމަރުގެ އަމާޒުހުރީ 2018 އަކަށް ނޫން. 2017 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ