ރައީސް ޔާމީން ނިންމީ ހިޔާ ފްލެޓްގެ ކުއްޔަކީ 5600 ރުފިޔާ ކަމަށް - މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން، ހުޅުމާލޭގައި ހަދަން ފެށި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 5600 ރުފިޔާއަކަށް އެމަނިކުފާނު ނިންމެވި ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން އެ ފްލެޓްތަކުގެ އަގު ބޮޑު ކުރުމާއި ގުޅިގެން މިރޭ މުއިއްޒު ވިދާޅުވީ،ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ 5600 ރުފިޔާކަމަށް އެ މަޝްރޫހް އިފްތިތާހުކޮށްދެއްވި ރޭ، ރައީސް ޔާމީން ކަނޑައަޅުއްވައި ނިންމަވާފައިވެސް ވާ ކަމަށެވެ.
"ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ އަށް އެކަން ވަނީ އޭރު އަންގަވައިގައި. އެންމެ ގިނަވެގެން 7000 ރުފިޔާގެ ކުއްޔަކުންވެސް 15 އަހަރު ތެރޭ އެޗްޑީސީއަށް ފައިދާވާނެ،"ހިޔާ މަޝްރޫއުގެ ހުރިހާ ހަރަދުތަކާ ގުޅޭ ތަފާސް ހިސާބުތައްވެސް އާންމުކުރައްވައި ކުރެއްވި ޓްވީޓްގައި މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓްގެ ޕްރޮޖެކްޓްގެ ސްޓަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް މިހާރު ނެގެސްފައި ވެއެވެ. އަދި އެ ޕްރޮޖެކްޓް ނިމޭއިރު 7000 ފްލެޓް ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު ހުންނާނީ 6860 ފްލެޓް ކަމަށް އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކޮށްފައެވެ. އަދި އެ ފްލެޓްތައް އަގުހެޔޮ ރޭޓް ތަކުގައި ދޭން ނިންމިކަން އެނގިފައިނުވާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާތިފް މިއަދު ވިދާޅުވީ، ހިޔާ ފްލެޓް މަޝްރޫއުގެ ފްލެޓްތަކަށް ކޮންމެ މީހަކުވެސް މަހަކު 11،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.
އާތިފް ވަނީ މިއީ އަންދާޒާ ކުރި ވަރަށްވުރެ ބޮޑު އަގެއް ކަމަށްވެސް ވިދާޅުވެފައެވެ.
"ކޮންމެ ޔުނިޓަކަށް 82،496 ޑޮލަރު އެބަ އަރާ. އެއީ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އެޕާރޓްމަންޓަކަށް. މިހާރުގެ ކޮންސްޓަރަކްޝަން މާރކެޓް ރޭޓަށް ބަލާއިރު، މި ވަރުގެ އަގަކީ ދެ ކޮޓަރީގެ އެޕާރޓްމަންޓަށް ބޮޑު އަގެއްކަންވެސް އަޅުގަނޑު ފާހަގަ ކުރަން. ގާތްގަނޑަކަށް 11000 ރުފިޔާ މަހަކު ދައްކަން ޖެހޭނެ. މިއީ އަންދާޒާ ކުރި ވަރަށް ބޮޑު އަގެއް. އެކަމާއި ގުޅޭގޮތުން ސަރުކާރާއި އެކު މަޝްވަރާ ކުރެވެމުން ދަނީ." އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާތިފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ