މިދިޔަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކުރި، 1192 ވަރި

މިދިޔަ 2021 ވަނަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކޮށްދީފައިވާއިރު 1192 މީހެއް ވަރި ރަޖިސްޓަރީ ކުރި ކަމަށް އެކޯޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.ފެމިލީ ކޯޓުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރު އެ ކޯޓުން 2،399 ކައިވެނިކޮށްދީފައި ވެއެވެ. މިދިޔަ އަހަރު ކުރި ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު، ވަރި ކުރި އަދަދު ދެބައިކުޅަ އެއްބަޔާ ގާތް ކުރާކަން ފާހަގަކޮށްލަން ޖެހެއެވެ.ފެމެލީ ކޯޓުގައި މިދިޔަ އަހަރު 1192 ވަރިކޮށްފައިވާއިރު, އެއީ މި ފަހުން އެ ކޯޓުގައި އެއް އަހަރެއްގައި އެންމެ މަދުން ވަރި ރަޖިސްޓްރީ ކުރި އަހަރެވެ.ވޭތުވެދިޔަ 10 އަހަރުގެ ތެރެއިން މުޅި ރާއްޖޭގައި ކުރި ވަރީގެ އަދަދު އެންމެ މަދީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ކުރި ވަރީގެ އަދަދަކީ 2984 އެވެ. އޭގެ ކުރީގެ ނުވަ އަހަރު ވެސް މުޅި ރާއްޖޭގައި ކުރި ވަރީގެ އަދަދު 3000 އަށް ވުރެން އިތުރެވެ.ރާއްޖެއަކީ އާބާދީއަށް ބަލާއިރު މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ. ރާއްޖޭގެ ވަރީގެ ނިސްބަތް ހުރީ 10.97 ރޭޝިއޯ ގައެވެ.ތަފާސްހިސާބުތައް ދައްކާގޮތުން އެ ކޯޓަށް މިދިޔަ އަހަރު 2،408 މައްސަލަަ ހުށަހަޅާފައި ވެއެވެ. އަދި އެ ކޯޓުން ޖުމްލަ 2،615 މައްސަލަ މިދިޔަ އަހަރު ނިންމާފައި ވެއެވެ. އޭގެ ތެރޭގައި އޭގެ ކުރީ އަހަރުގެ މައްސަލަތައްވެސް ހިމެނެއެވެ.ރާއްޖެއަކީ އާއްމުކޮށް ވަރީގެ މައްސަލަތައް ގިނަ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ