ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނި "ކީރިތި ޤުރްއާނުގައި ވެސް ކީރިތި ރަސޫލާގެ ސުންނަތުގައި ވެސް، އެއްވެސް އިމާމެއްގެ ބަސްފުޅުގައި ވެސް ސިއްރު ހެކިބަހުގެ ވާހަކައެއް ނެތް" ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީން ވަކީލުންގެ ޓީމުން ހުށަހަޅުއްވާ ދިފާޢީ ހެކީގެ ތެރޭގައި ސިއްރު ހެކި ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
Sirru hekibahakī Islāmī sharīathugai onna echcheh nūn. Kīrithi Qur’ānugai ves kīrithi rasūlāge sunnathugai ves evves imāmeh ge bas fulhugai ves sirru hekibahuge vāhakaeh neiy.
— Maumoon Abdul Gayoom (@maumoonagayoom) October 14, 2018
ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅުއްވާފައިވަނީ ދުސްތޫރީ މައްސަލައެކެވެ. މި މައްސަަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު 10:30 ގައި ބާއްވަ ގޮތަށް ވަނީ ތާވަލު ކުރެވިފައެވެ. މާދަމާ އޮންނަ އަޑުއެހުމަށް ކޯޓަށް ވަޑައިގަންނަަވަން ބޭނުންފުޅުވާ ބޭފުޅުންނަށް މާދަމާ ހެނދުނު 8:30 އިން ފެށިގެން 9:45 އަށް ނަން ނޯޓުކުރުން ކުރިއަށްދާނެ ކަމަށް ޖުޑީޝަރީގެ ރަސްމީ ޓުވިޓަރ އިން ވަނީ ޓުވީޓު ކޮށްފައެވެ.
2018 އޮކްޓޫބަރު 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ، ނަންބަރު 2018/SC-C/44 ޤަޟިއްޔާގެ ޝަރީޢަތް އަޑުއެހުމަށްޓަކައި ވަޑައިގަންނަވާ ބޭފުޅުންގެ ނަން ނޯޓުކުރުން، ހެނދު 08:30 އިން 09:45 އަށް ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ.
— Maldives Judiciary (@judiciarymv) October 14, 2018
ސިއްރު ހެކިބަހަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އެއްޗެއް ނޫން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ