ފަސް އަހަރުގެ ދަތުރުގައި ގިނަ ގޮންޖެހުންތަކެއް ދިމާވާނެ: ގާސިމް

ވެރިކަމެއް ހޯދުމަށްވުރެ އޮމާންކަމާއި އެކު ވެރިކަން ކުރިއަށް ގެންދިއުމަކީ އުނދަގޫކަމެއް ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގެ ދަތުރުގައިވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިރޭ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް އަލަށް ހޮވިވަޑައިގެންނެވުމުން ދެއްކެވި ވާހަކާގައެވެ.
ކޯލިޝަންގެ ވެރިކަން ދެމެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ އެންމެހާ މެމްބަރުންވެސް މަސައްކަތްކޮށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާ ގާސިމް ވިދާޅުވީ މިހާރު ވެރިކަން ލިބިފައިވާއިރު ދެން އޮތީ ދަތުރަށް ފެށުން ކަމުގައެވެ.
އެގޮތުން ފަސް އަހަރުގެ ދަތުރުގައި ގިނަ ގޮންޖެހުންތައް ދިމާވާނެ ކަމަށާއި ގޮންޖެހުންތަކާއި އެކުވެސް ރަނގަޅުވެރިކަމެއް ދެމެހެއްޓުމަކީ މުހިއްމު ކަމެއްކަމަށާއި އެކަމަށްޓަކައި ޕާޓީތަކުގެ ލީޑަރުންގެ އެއްބާރުލުންވެސް ބޭނުންވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްވަނީ ސަރުކާރެއް ގެނައުމަށްފަހު އެ ސަރުކާރާ އެކީގައި ކުރިޔަށް ދިޔުމުގެ މުހިންމުކަން މިދިޔަ ދެ ދައުރުގެ ތަޖުރިބާ ކުރެއްވިފައި ވާކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ކޯލިޝަން ރޫޅާލުމުގެ މިސްޓޭކް ދެ ތަކުރާނު ނުވާނެ ކަމަށް ގާސިން ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ކުރިއަށް އޮތް ފަސް އަހަރުގެ ދަތުރުގައި ހަލަބޮލިކަން ގެންނާނެ ޕާޓީއަކަށް ވެގެން ނުވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ