އަމިއްލަ ކެންޑިޑޭޓުން ނަން އަނބުރާ ގެންދަވާ - ގާސިމް

މަޖިލީސް އިންތިޚާބަށް ކޯލިޝަންގެ ބޭރުން ކުރިމަތި ލެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން އެބޭފުޅުންގެ ނަން އަނބުރާ ގެންގޮސް، ކޯލިޝަނަށް ތާޢީދު ކުރުމަށް ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަނުން މާފަންނު އުތުރު ދާއިރާއަށް ކުރިމަތި ލައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހްމަދު އަޖްވަދުގެ ކެމްޕޭން ފެށުމުގެ ގޮތުން ރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޤާސިމް ވިދާޅުވީ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާޢީދު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ ބޭފުޅުން ވެސް އަނބުރާ ނަންތައް ގެންދަވާފައި، ކޯލިޝަނުން ޓިކެޓު ލިބިގެން ތިއްބެވި ބޭފުޅުންނަށް ވޯޓު ދެއްވައިގެން އިންތިހާބު ކޮށްދެއްވާށޭ. އެހެން ނުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ވަރަށް ނިކަމެތި ގޮތްތަކެއް ވެދާނެ. އެއަށް ވުރެ އަޅުގަނޑުމެން ބުއްދިވެރި ވާން ޖެހޭނެ." ޤާސިމް ވިދާޅުވިއެވެ.
މި ހަފްލާގައި ޤާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހްމަދު އަޖްވަދަކީ އެ ދާއިރާއަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ