ނިމިދިޔަ ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބު ކުރެވުނީތީ އެކަމުގެ އުފާ ފާޅު ކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ނޯތު ހާބަރުގައި ސަރަހައްދުގައި ބޭއްވި މި ހާއްސަ ހަރަކާތް ފެށުނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް އެ ސަރަހައްދަށް ވަޑައިގެންނެވުމުންނެވެ.
އިންތިހާބީ ރައީސް ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް އެ ސަރަހައްދަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ އައްޑޫ ސިޓީ އަށް ނިސްބަތްވާ ރައްޔިތުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ބައެއް އިސްބޭފުޅުންނެވެ.
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ގެންދެވީ ހަފްލާއަށް ހާޒިރުވި ފަރާތްތަކާއެކު ފޮޓޯ ނަންގަވަމުންނެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގމޭޓް ފައިސަލް ނަސީމްއަށް އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެ އާއި ރަށްރަށުގައި ދަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.
އިންތިޚާބުން ނާކާމިޔާބުވި ކެންޑިޑޭޓް އަބްދުﷲ ޔާމީން އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހެޅީ ބަލި ގަބޫލުކޮށް އިއުލާނު ކުރުމަށް ފަހު އެވެ. މި އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 58.4 ޕަސެންޓް ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 41.6 ޕަސެންޓެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އިންތިޚާބު ކާމިޔާބީ ފާހަގަކުރަން މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުން ހާއްސަ ހަރަކާތެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ