އަދި ނުނިމޭ، ޕީޖީ ބިޝާމް ބޭރުކުރެވޭނެ: އަބްދުﷲ

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި ނުނިމޭ ކަމަށާއި، ބިސާމް މައްސަލަ އިސްލާހުކޮއް ހުށަހަޅާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެ އެވެ.
އަބްދުﷲ އިތުރަށް ވިދާޅުވީ މިމައްސަލަ ކުރިން ހުށައެޅި އިރު ފާހަގަ ކޮށްފައިވާ 5 މައްސަލައިގެ އިތުރުން އެހެން ކަންކަން ފާހަގަ ކުރެވޭތީ އެކަންކަން އިސްލާހްކޮއް މަޖިލީހަށް ވައްދާނެ ކަމުގައެވެ.
ނިމިދިޔަ ސަރުކާރުގައި ޕީޖީއަށް ހުށައެޅި ބައެއް މައްސަލަތަކުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ބުނެ ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ހަފްތާ ތެރޭގައި އަބްދުﷲ ހުށައެޅުވުމަށްފަހު ހަމަ އެދުވަހުވނީ މައްސަލަ އަބުރާ ގެންދަވާފައެވެ.
ނަމަވެސް މިކަމާ ގުޅިގެން ނުވަތަ މިކަމަށް ރައްދުދެއްވާ ޕިޖީގެ މަގާމު ފުރުއްވަމުންގެންދަވާ އައިޝަތު ބިޝާމް އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ