ސުޕްރީމް ކޯޓުން ކުރި ހުކުމަށް އީޔޫ އިން ވެސް މަރުހަބާ ކިޔައިފި

ރިޔާސީ އިންތިހާބު ބާތިލުނުކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް މަރުހަބާ ކިޔައިފިއެވެ.
އީޔޫގެ ފަރާތުން ކުރި ޓުވީޓެއްގައި ވަނީ ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި މި ހުކުމުގެ ސަބަބުން ސަރުކާރު ބަަދަލުވުމުގެ މަރުހަލާގެ ކަންކަން މިހާރު ކުރިއަށް ގެންދިޔުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި އާ ސަރުކާރާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް އީޔޫ އިން މަރުހަބާ ކިޔާފައިވާއިރު ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއި އެކު ބަދަލުކުރަން ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހަދާ ނަމަ ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް އީޔޫ ޕާލަމެންޓުގެ މެންބަރަކު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ