2018 ވަނަ އަހަރުގެ ބަޖެޓަކީ އޭގެ ފައިދާ ރައްޔިތުންނަށް ލިބުނު ބަޖެޓެއް- މުނައްވަރު

ދެހާސް އަށާރަވަނަ އަހަރުގެ ބަޖެޓަކީ މަންފާ ކުރަނިވި އެތައް މަޝްރޫއުތަކެއް ނިމި، އޭގެފައިދާ ރައްޔިތުންނަށް ލިބެން ފަށާފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެެއްޖެއެވެ. 2019 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ، 2018 ވަނަ އަހަރުގެ ބަޖެޓަކީ މަންފާ ކުރަނިވި އެތައް މަޝްރޫއުތަކެއް ނިމި އޭގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާފައިވާ ބަޖެޓެއް ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫއުތައް ނިންމާ، އެތައް ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައި ދެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި ވޭތުވެދިޔަ ފަސް އަހަރުގެ ބަޖެޓުން ގިނަ ގުނަ ޚިދުމަތްތަކާއި މަޝްރޫއުތަކެއް ނިންމާ އިފްތިތާހު ކުރެވުނުއިރު، ބައެއް މަޝްރޫއުތައް މިހާރު ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެގޮތުން ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރަންޖެހޭ މުހިންމު އިންވެސްޓްމަންޓްތަކެއް ކުރެވިގެންދިޔަ ފަސް އަހަރު ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ އަދި ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތޭރޭގައި ލަނޑުދަނޑިތައް ހާސިލްކުުރުމަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 79 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ރިޔާސީ ދައުރެއްގެ ތެރޭގައި އުމްރާނީ ތަރައްޤީއަށް އެެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ. މިއަދު މެދުކެނޑުމެއް ނެތި އޭގެ ފައިދާ ދިވެހިންނަށް ލިބިގެންދާ އުމުރާނީ ތަރައްޤީއަކީ ކޮށްފައިވާ ޚަރަދުތަކުގެ ނަތީޖާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.ދިވެހިރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމުގެ ދާއިރާއަށް، ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް އެ ހުރަސްތަކާއެކުވެސް ރާއްޖޭގެ އުފެއްދުންތެރިކަން އަހަރުން އަހަށް ކުރިއަރާ މިންވަރު ދާދީ އެއްހަމައެއްގައި ހިފެހެއްޓިފައިވުމަކީ، ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ