ލަވަކިޔުމާއި މިއުޒިކް ކުޅުމަކީ އޭގެ ޒާތުގައި ހަރާންކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ހަރާމްވާނީ ހަމައެކަނި މާތް ﷲ ހަރާމްކުރެއްވި ކަންތައްތަކެވެ." ގެ ނަމުގައި މިސްރުގެ އަޒުހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވެފައިވާ މައުމޫން މި އަހަރުގެ މާޗް މަހުގެ 15 ގައި ލިޔުއްވި ހަތަރު ސޮފުހާގެ މަޒުމޫނެއް އިއްޔެ ޓްވިޓާގައި އާންމުކުރައްވަމުން ވިދާޅުވެފައި ވަނީ މިއީ އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަންތައްތަކަކީ ކޮބައިކަމާ މެދު އޮޅުން އަރާ ގޮތަށް ވާހަކަދެކެވެމުންދާތީ ކަމުގެ ހަގީގަތް ބަޔާންކުރެވޭތޯ ބެލުމުގެ ގޮތުން ތައްޔާރުކުރި ލިޔުމެއް ކަމަށެވެ.
އިސްލާމްދީނުގައި ޙަަރާމްކުރައްވާފައިވާ ކަންތައްތަކަކީ ކޮބައިކަމާމެދު އޮޅުންއަރާގޮތަށް ވާހަކަދެކެވެމުންދާތީ ކަމުގެޙަޤީޤަތް ބަޔާންކުރެވޭތޯ ބެލުމުގެގޮތުން އަޅުގަނޑު ތައްޔާރުކުރި ލިޔުމެއް. وبالله التوفيق. pic.twitter.com/gBgYJ9VKJL
— Maumoon Abdul Gayoom (@maumoonagayoom) March 16, 2021
އެ މަޒުމޫނުގެ ފަހު ސޮފުހާފައި މައުމޫން ވިދާޅުވީ ގައުމީ އަދި އިޖުތިމާއި މުނާސަބުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރަން ކުރެވޭ ކަންކަމާއި އުފަން ދުވަސް ފާހަގަކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވަންކުރާ ކަންކަމާއި ލަވަކިޔުމާއި މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ހަރާމް ކަމެކޭ ބުނާނެ ތަނެއް ނެތް ކަމަށެވެ.
"އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމްކަމެއް އެކުލެވިގެންވާ ނަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށްވާ ނަމަ އެކަމެއް ހަރާންވާނެކަން ޔަގީން ކަމެކެވެ." މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު މިފަދަ މޭރުމަކުން ލަވަކިޔުމާއި މިއުޒިކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އިރު، ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއުޒިކް ޝޯތައް ބާއްވާތީ ރާއްޖޭގެ ވަރަށް ގިނަ ދީނީ ޖަމިއްޔާތަކުން ދަނީ އެކަން ކުށްވެރިކުރަމުންނެވެ. އަދި އެފަދަ މުންކަރަކާތްތަކާ ނުލައި ވެސް އީދު ފާހަގަކުރެވޭނެ ކަމަށާއި ދީނާ ހިލާފު ކަންކަމަކަށް މަގުފަހިވާ ގޮތަށް ދެ ޖިންސް އެއްވެގެން ހިންގާ ކަންކަން ނުކުރުމަށް ބައެއް ދީނީ އިލްމުވެރިން އަންނަނީ ގޮވައިލަމުންނެވެ.
މިއުޒިކް އޭގެ ޒާތުގައި ހަރާމެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ