ކުޅުދުއްފުށީގައި މަތީ ތައުލީމުދޭ މަރުކަޒެއް ތަރައްގީކޮށް ހިންގަންބޭނުން ފަރާތަކަށް, ކުރީގެ އަމީރު އަމީން ސްކޫލް 25 އަހަރު ދުވަހުގެ މުއްދަތަށް ހަވާލުކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ނެެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީގެ ކުރީގެ އަމީރު އަމީން ސްކޫލް، މަތީ ތައުލީމުދޭ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
މިގޮތުން މި އަންނަ މެއި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:30ގައި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި އޮންނާނެކަމަށް އެ އިއުލާނުގައިވެއެވެ.
ބީލަން ހުޅުވުން އޮންނާނީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، ބީލަންތައް ހުންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިކަމަށް އެ އިއުލާނުގައިވެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ހަމަޖެހިފައިވާ ތާރީޙާއި ވަގުތުގެ އިތުރުން ހުށަހަޅާ ފަރާތުގެ ފުރިހަމަ މައުލޫމާތު ލިޔެވިފައި އޮންނަން ވާނޭ ކަމަށްވެސް ކުޅުދުއްފުށީ ކައުުންސިލް އިދާރާއިން ނެރުނު މި އިއުލާނުގައިވެއެވެ.
ހދ. ކުޅުދުއްފުއްޓަކީ މިހާރުވެސް މަތީ ތައުލީމުގެ ފުރުސަތުތަކަށްފަހި، އަދި ކުޅުދުއްފުއްޓާއި އެހެނިހެން ރަށްރަށުގެ ގިނައަދަދެއްގެ ދަރިވަރުން މަތީ ތައުލީމް ހާސިލުކުރަމުން ދާ، އާބާދީބޮޑު އަދި ތަރައްޤީއަށް ހުޅުވާލެވިފައިވާ ރަށެކެވެ.
މަތީ ތައުލީމު ދޭ މަރުކަޒެއް ގާއިމްކުރުމަށް، ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް 25 އަހަރަށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ