ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މަކަރެއް ނުހެދޭނެ ކަމަށާއި، ޕްރައިމަރީ ކާމިޔާބު ކުރައްވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އުމަރު ނަސީރު އާއި ހަވާލާދީ "މިހާރު" ގައި ބުނެފައިވަނީ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރެއްވުމުން، ޕާޓީ ތެރޭގައި އުމަރަށް އޮތް ތާއީދު ކުޑަވެގެން ދިޔަ ނަމަވެސް އުމަރަށް ތާއިދުކުރި މެމްބަރުންގެ ސަޕޯޓު ބޭސް އަދިވެސް ވަރަށް ވަރުގަދަ ކަމަށެވެ.
އުމަރު ވަނީ 2013 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްވެސް ރައީސް ޔާމީން އާއި ވާދަކުރައްވައިފައެވެ. ނަމަވެސް ޕްރައިމަރީ ކާމ،ިޔާބު ކުރައްވައި، އިންތިޚާބުގައި ވާދަކުރެއްވީ ރައީސް ޔާމީންއެވެ. ރައީސް ޔާމީން އަށް އިންތިޚާބު ކާމިޔާބުވުމުން އުމަރު ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ، ޕްރައިމަރީ ތެރޭގައި ރައީސް ޔާމީން އަށް ކުރެއްވި ތުހުމަތުތައް އަނބުރާ ގެންދަވައިފައެވެ.
ނަމަވެސް ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އުމަރު ވަނީ އަނެއްކާވެސް ރައީސް ޔާމީން އަށް ފާޑު ވިދާޅުވަން ފަށައިފައެވެ. އުމަރު ވަނީ ޕީޕީއެމްގެ ހުރިހާ މެންބަރުންވެސް ރައީސް މައުމޫންގެ ފަހަތަށް އެރުމަށް ގޮވާލާ ޓްވީޓެއް ކޮށްފައެވެ. މީގެ އިތުރުން ޕްރައިމަރީގައި އުމަރަށް ތާއީދު ކޮށްދިނުމަށް އެދި ޕީޕީއެމްގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ 30،000 މެމްބަރުންނަށް ވެސް މެސެޖުކޮށްފައިވާނެ ކަމަށް އުމަރު ވަނީ އިއްޔެ ވިދާޅުވެފައެވެ.
އުމަރު ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ގައި ވާދަކުރުމަށް ޕްރައިމަރީ އެއް ބޭއްވުމަކާ ނުލައި ރައީސް ޔާމީން އަށް ޓިކެޓް ދިނުމަށް ޕީޕީއެމް ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެންނެވުމުން އެކަމާ ދެކޮޅު ހައްދަވައިފައެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި މަކަރެއް ނުހެދޭނެ، ޕްރައިމަރީ ކާމިޔާބު ކުރާނަން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ