ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭން ފަށައިފި

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭން ފަށައިފި އެވެ.
ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް ދަރުސްދޭން ފެށިކަން ހާމަކޮށް، އިސްލާމިކް މިނިސްޓްރީން  "އެކްސް" ގައި ފޮޓޯ ތަކެއް ހިއްސާ ކުރި ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ދީފައެއް ނުވެއެވެ.
މިދިޔަ މާޗު މަހު އެ މިނިސްޓްރީން ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ބެންގާލީ ބަހުން ދަރުސް ދޭނެ ދީނީ އިލްމުވެރިންގެ ޕޫލެއް އެކުލަވާލުމަށް އިއުލާނެއް ކޮށްފައެވެ.
މި އިއުލާނުގައިވާ ގޮތުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދަރުސްތައް ދިނުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބެންގާލީ ބަހުން އެ މަސައްކަތް ކުރެވޭނެ އިލްމުވެރިންގެ ޕޫލެއް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލުމަށް އެ މިނިސްޓްރީންވަނީ ނިންމާފައެވެ.
މިއިން ކޮންމެ ސެޝަނަކަށް  500ރ. އަދި ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000ރ. ލިބޭނެ ކަމަށާއި، މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ސުންނީ މުސްލިމަކަށް ވުމާއި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުން މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ވެގެން ޝަރުއީ ކޯޓަކުން އެއްވެސް ހުކުމެއް ސާބިތުވެފައި އޮތް މީހަކަށް ވެގެން ނުވާނެ ކަމަށް އެއިއުލާނުގައި ވެއެވެ.
ހޯމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބާލާއިރު ރާއްޖޭގައި 90،000 ބަންގްލަދޭޝް މީހުން ތިބިއިރު އޭގެ ތެރޭގައި ގިނައީ މުސްލިމުންކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ