އީސީގެ އެސްޖީގެ މަގާމަށް އުނައިސް

އެ މަގާމަށް ވަޑައިގަތުމުގެ ކުރިން އުނައިސް ފުރުއްވީ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އީސީގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.
އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުﷲ އުނައިސް އައްޔަނުކޮށްފި އެވެ.
އީސީގެ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަނު ކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަކަރިއްޔާ ކޮމިޝަންގެ މެމްބަރު ކަމަށް ވަޑައިގަތުމުން އެ މަގާމު ހުސްވުމުންނެވެ. އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަނުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.މަގާމު ހުސްވުމުން ވަގުތީ ގޮތުން އެސްޖީގެ މަގާމު ފުރުއްވީ ވެސް އުނައިސް އެވެ.އެ މަގާމަށް ވަޑައިގަތުމުގެ ކުރިން އުނައިސް ފުރުއްވީ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އީސީގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.
އެސްޖީގެ މަގާމުގެ އިތުރުން އިތުރު ދެ މަގާމަކަށް ވެސް އީސީން ވަނީ ބޭފުޅުން އައްޔަނުކޮށްފަ އެވެ. އެގޮތުން ކޮމިޝަނުގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓަރަކަށް އާމިނަތު އަޒީފާ އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ސީނާ ރަޝީދު ވަނީ އައްޔަނު ކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ