ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފި

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޙަސަން ސަޢީދު 14 ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
ޖޭއެސްސީން ޙަސަން ސަޢީދު ސަސްޕެންޑްކުރަން ނިންމާފައިވަނީ، ފެމިލީ ކޯޓުގެ އިސްޤާޟީ ކަމުގައި 2018 ވަނަ އަހަރު ހުންނެވިއިރު، އެކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިންކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.
ޖޭއެސްސީން ބުނެފައިވަނީ، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސްޤާޟީގެ ޙައިޞިއްޔަތުން، ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރަރ އަށް ލަފާދީފައިވީނަމަވެސް ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ޤާނޫނީ ޙައިޞިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާރ ކަމަށްވާހިނދު ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު ދީފައިވާ ލަފާގެ ސަބަބުން ޤާނޫނާ ޤަވާއިދާ އަދި ފެމެލީ ކޯޓުގައި ޢަމަލުކުރާ ޢުސޫލުތަކާ ޚިލާފަށް ކައިވެންޏެއްކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ލިބޭގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު މިއަދުން ފެށިގެން 14 ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ