ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ތި ކެންޑިޑޭޓުންގެ ނަންބަރު އިލެކްޝަން ކޮމިޝަން(އީސީ) އިން ތަރުތީބުކޮށްފިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ 14 އަހަރު ވަންދެން އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.
ރިޒާ އަވަހާރަވުމާއި ގުޅިގެން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 15 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
މި ބައި-އިލެކްޝަންގައި ވާދަ ކުރަނީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.
މި އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު އެކަކަށް ހޮވިފައިވަނީ ޕީޕީއެމްއިން ކުރިމަތިލީ މެންބަރު، ޙުސައިން ރިޒާއެވެ.
އޭނާ އަކީ ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ރިޒާގެ ކޮއްކޮއެވެ.
ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ އެމްޑީޕީން ކުރިމަތިލީ މެންބަރު އިބްރާޙިމް ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ