ރިޒާގެ އަތުން 3.6 މިލިއަން ރުފިޔާ ނަގައިދޭން އެދިއްޖެ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގައި ހިމެނޭ 3.6 މިލިއަން ރުފިޔާ، އެ މައްސަލައިގައި ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާ ބޭނުންކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ ފައިސާ ނަގައިދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އިފްތިތާހީ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނީ ސެޕްޓެމްބަރު 9، 2015 ގައި ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެ މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތުގެ ގޮތުގައި ހޯއްދެވި 9.6 މިލިއަން ރުފިޔާ އަދި 11.1 މިލިއަން ރުފިޔާ ބޭންކް އޮފް ސިލޯނުގައި ރިޒާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ