ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މައްޗަންގޯޅީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެގޮތުން ސްްޓެލްކޯއިން ބުނެފައިވަނީ މިއަދު މެންދުރު 14:00 އިން 15:00 އަށް މައްޗަންގޮޅީގެ އިސްކަންދަރު މަގާއި، އެނބޫގޯޅި އަދި ގުލާލާ ގޯޅިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި ހަމަ މިގަޑީގައި މައްޗަންގޮޅީގެ، ޖޯޝީ ހިނގުމާއި، މަދޮށި ގޯޅި، އަދި ނިކަގަސްމަގާއި، ކުރިކީލަ މަގުން ވެސް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ