ހަރަދުކުޑަކުރަން ޕީޖީ އޮފީހުން ފިޔަވަޅު އަޅަނީ
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުން ނިންމައިފި އެވެ.ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހަރަދުކުޑަކުރަން އަޅާ އެއް ފިޔަވަޅަކީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހަކީ އެ އޮފީހުގެ މަސައްކަތްތައް މުވައްޒަފުން ގޭގައި ތިބެގެން ކުރާ ދުވަހަކަށް ހެދުން ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން، ޕީޖީ އޮފީހުގެ މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައި ވެސް މެންދުރުފަހު 2:00 ގެ ފަހުން މަސައްކަތްތައް ކުރާނީ ގޭގައި ތިބެގެންނެވެ. އެހެން ނަމަވެސް އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭ މަސައްކަތްތައް ކުރަން އޮފީހަށް ހާޒިރުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.".ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެއެވެ. ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެ ކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.ޕީޖީ އޮފީހުން ބުނީ މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު މި އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށާއި ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.މީގެއިތުރުން ޕީޖީ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.އަދި، އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވެސްވަނީ ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.މި ބަދަލުތަކުގެ ސަބަބުން އެ އޮފީހުން އާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ހިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމަށާއި މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv މެދުވެރިކޮށް އޮފީހުގެ ޚިދުމަތްތައް ހޯދުމަށް ރައްޔިތުންނާއި އިދާރާތަކަށް ބާރުއަޅާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ