އެމްއެންޔޫގެ ދަނާލުގައި ދަރިވަަރަކު މަރުވެއްޖެ މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އަންގައިފި އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު އާއި މީކާއީލް އަދި އަލްހާން ވާދަކުރަނީ ބީއެމްއެލްގެ ޑޮލަރު ހުސްވި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، މާލީ ހިސާބުތ

ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ، އެންމެ ގާބިލު ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި، ދިވެހި ސިފައިންގެ 134 އަހަރުގެ ފަހުރުވެރި މާޒީގައި ރަންއަކުރުން ނަން ފަވާލެވިފައިވަނީ ގައުމަށްޓަކައި ޝަހީދުވި ބޭފުޅުންނާއި، މުޖާހިދުންނާއި، އަދި ނުރައްކާތެރި ދަނޑިވަޅުތަކުގައި ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ސާބިތުކަމާއެކު ތިއްބެވި ހިތްވަރުގަދަ އެތައް ދަރީންނެއްގެ ނަންފުޅުތައް ކަމުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ސިފައިން ގައުމަށްޓަކައި ވަމުންދާ މަތިވެރި ގުރުބާނީއާއި ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވަމުން، ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެމަނިކުފާނު ވަނީ ދިވެހި ސިފައިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ރައްދުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ