ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ޕީއެންސީއަށް ސޮއިކުރައްވައިފި!

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ. 
ނަސީމް ޕީއެންސީއަށް ސޮއި ކުރެއްވި ފޯމު ހަވާލުކުރައްވާފައި ވަނީ އެ ޕާޓީގެ ޗެއަރޕަރސަން އަބްދުއްރަހީމް އަބްދުالله އާއެވެ. ނަސީމް ޕީއެންސީއަށް ސޮއިކުރެވުމާއެކު ޕީޕީއެމް/ޕީއެންސީން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. 
ނަސީމް ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އަދި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައި އެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު، މިހާތަނަށްވެސް އޭނާ ހުންނެވީ އެގޮތުގައެވެ. 
މެންބަރު ނަސީމް ޕީއެންސީއަށް ސޮއި ކުރައްވާފައިވާކަން އިއުލާން ކޮށްފައި މިވަނީ، އޭނާ އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކަމުގެ އަޑުތައްވެސް އަރާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ