ޔާމީނާއި ރިޟްވާންގެ މައްސަލާގައި ދަޢުވާކުރަން ޖުލައި މަހު ފޮނުވަނީ

މަރާލާފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލަ ނިންމާ ޖުލައި މަހުގެ ނިޔަލަށް ދައުވާކުރަން ފޮނުވާނެކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ޙުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ދައުވާކޮށް އަޅާންހުރި ފިޔަވަޅުތައް ޖުލައި މަހުގެ މަސް ތެރޭގައި އެޅުމަށް ކަމަށެވެ. އެއީ ދައުވާކުރުމަށާއި އަދި އެނޫންވެސް ފިޔަވަޅެއް އަޅަންޖެހޭކަމަށްވަންޏާ އެ ފިޔަވަޅުތައް ކަންވެސް ސުއޫދު ފާހަގަކުރެއްވިއެވެ.
ސުޢޫދު ވިދާޅުވީ، ރިޟްވާނާއި ޔާމީންގެ މައްސަލައަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވީނަމަވެސް އަދިވެސް ކުރަންހުރި މަސައްކަތް އެބަހުރިކަމަށެވެ.
"ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ދައުވާކޮށް އަޅާންހުރި ފިޔަވަޅުތައް އަޅާން ޖުލައި މަހުގެ ނިޔަލަށް. އެއީ ދައުވާކުރުމަށާއި އަދި އެނޫންވެސް ފިޔަވަޅެއް އަޅަންޖެހޭކަމަށްވަންޏާ އެ ފިޔަވަޅުތަކެއް ޖުލައިމަހުގެ ނިޔަލަށް ނިންމާލެވޭތޯ މި ބަލަނީ އިނގޭތޯ. ބިލް ރައީސް ތަސްދީޤްކުރެއްވުމުން މީގެ ކުރިން ކުރިމަތިވި ދަތިތައް ފިލާ ވަރަށް ބޮޑުތަކުން އަވަސްވެގެންދާނެކަމަށް. އެއީ އެންމެ މުހިންމުކަމަކީ އިނގޭތޯ." ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ