ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

މިއަދު ހަވީރު މަޖީދީމަގު ވެލިގާ ހާޑްވެއާ ކައިރިން ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ ސަރަހައްދުން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ދަނިކޮށް އެމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުނަށް ފެނިގެން ކަމުގައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. ފޭރުމުގެ އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ