ބަނގުރާ ބުއި މީހަކު ދުއްރާއިން ތަޅަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ބަނގުރާ ބުއިމުގެ ކުށް ސާބިތުވި މީހަކު 40 އެތިފަހަރު ދުއްރާއިން ތެޅުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.ކްރިމިނަލް ކޯޓުން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު މި ހުކުމް އިއްވާފައި ވަނީ ގދ. ވާދޫ ، ނަންބަރފޯޑައުނިންގސްޓްރީޓް ޙިސާން އަބްދުﷲގެ މައްޗަށެވެ.40 އެތިފަހަރު ދުއްރާއިން ތެޅުމުގެ އިތުރަށް 2600 ރުފިޔާއިން ހިސާން ޖޫރިމަނާ ކުރުމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ. ހިސާންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވި އިއުތިރާފްގެ މައްޗަށް ބިނާކޮށެވެ. ރާއްޖޭގައި މީގެ ކުރިން ވެސް ބަނގުރާ ބުއިމުގެ ކުށް ސާބިތުވެގެން ދުއްރާއިން ތެޅުމަށް އެކި މީހުންގެ މައްޗަށް ހުކުމް އިއްވާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ހުކުމެއް ތަންފީޒުކުރި ކަމެއް ސާފެއް ނުވެއެވެ.ހިސާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުންނެވެ.މީގެ 4 އަހަރެއްހާ ދުވަސް ކުރިން، 2016 ވަނަ އަހަރުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ރާއްޖޭގެ ކޯޓުތަކުގައި ބޭނުން ކުރުމަށް 20 ދުއްރަ ހޯދަން އިއުލާން ކޮށްފައިވެއެވެ. އޭރު ޑީޖޭއޭ އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން “ދުއްރައިގެ ލެދާ އިން ހަދާބައިގެ، ލެދާގެ އެތެރެއަށް ދެ ކީސްތިލަ ލައްވާފައި، އެއް ކީސް ތިލަ މުއްގަނޑާ ހަމައަށް ހުރުން އަދި އަނެއް ތިލަ މެދުގެ ހަންފަށަލައިގެ ދެ ފަރާތަށް ލައްވާފައި ހުންނަން” ޖެހޭނެއެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ލަމްހާ
މަވެސް ބޭނުން މަ ފިރިމީހާ ރާ ބޯތީ ތިޔަކުން ތަޅުވަން
REPLY
ސާމިޔާ
ނަސީދު ތިކަމާ ވަރަށް ކަންތަށް ބޮޑުވާނެ ޑިމޮކުރަސީގަ ދިވެހި ރާއްޖެ އެތަށްތަނެތް ފަހަތަށް ދިޔަކަމަށް ވާނީ ރާ ބޯމީހުންނާ ބެހެންޏާ ނަސީދު ރުޅިގަދަ ވެދާނެ
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ