ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދު މެންދުރުފަހު 15:00 ގައެވެ.
ރިޔާޒްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ 20:00 އަށް ވެސް ތާވަލްކޮށްފައިވެ އެވެ. ނަމަވެސް ފަހުން ވަނީ އެރޭގެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުއްވި ކަމުގެ ދައުވާއެވެ. މިދައުވާ އުފުލާފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައިނުވާތީ ކަމަށް ބުނެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ. '
އެހެންނަމަވެސް ޝަރީއަތުގެ މަޖިލީހެއްގައި ރިޔާޒު މިހާރު ވަނީ އޭނާގެ މޯބައިލް ފޯންގެ ޕިން ކޯޑް ފުލުހުންނަށް ދީފަ އެވެ.
މިމައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި ކުރިއަށް ރިޔާޒުގެ ފަރާތުން ދިފާއީ ހެކިން ހުށައަޅުމެވެ.
އެގޮތުން ރިޔާޒުގެ ފަރަތުން ދިފާއީ ހެކިންގެ ގޮތުގައި ޝަރީއަތައް ހުށައަޅާފައިވަނީ އާންމު ފަރާތަކާ ފުލުހުންގެ އޮފިސަރެކެވެ. ފުލުހުންގެ އޮފިސަރު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ރިޔާޒުގެ މައްޗަށް ނެގި ބަޔާންތަކުގައި އެ އޮފިސަރުގެ ނަން އޮތުމުންނާއި އަދި އެމައްސަލާގައި ކަންހިންގާދިޔަ ގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އެއީ ކަމަށް ވާތީ ކަމަށް ރިޔާޒުގެ ގާނޫނީ ޓީމުން ބުނެފައިވެ އެވެ. އެހެންނަމަވެސް ފުލުހުންގެ އޮފިސަރު ވަނީ ހެކިބަސް ދިނުމަށް އުޒުރު ވެރިވެފަ އެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ރިޔާޒުގެ މައްޗަށް ކުރާ ދައުވާއަށް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.
އަބްދުﷲ ރިޔާޒްގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ