ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

މިއަދު ހަވީރުން ފެށިގެން ހުއްޓާ ނުލާ މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.
ފެންބޮޑުވެފައިވަނީ މާފަންނޫ ކޮޅު އައިޖިއެމްއެޗް ކައިރިއާއި ބޮޑު ތަކުރުފާނު މަގާއި އަމީނީ މަގުގެ ބައެއް ހިސާބުތަކުގައެވެ. އޭގެތެރެއިން ބައެއް ހިސާބުތަކުގައި ހިނގާ ބިގާވެ އުޅުމަށް އުނދަގޫވާ ވަރަށް ފެންބޮޑުވެފައިވެއެވެ.
މެޓު އޮފީހުން ވަނީ މެދުރާއްޖެ ތެރޭގެ ހިސާބުތަކަށް ވައިޓް އެލާޓު ނެރެފައެވެ. މެޓް އޮފީހުން ބުނި ގޮތުގައި ވައިތް އެލާޓު ނެރެފައިވަނީ ރ އަތޮޅާއި ދ އަތޮޅާއި ދެމެދުވާ އަތޮޅުތަކަށެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑި އިރު ބޯކޮށް ވާރޭ ވެހުން އެކަށިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ