މިރޭ ބާއްވަން ތައްޔާރުވެ ބައެއް މީހުން ވެސް ހާޒިރުވި ޒުވާނުންގެ ދުވަހުގެ ޖަލްސާ ފަސްކޮށްފި އެވެ. ޖަލްސާ ފަސްކުރީ ކޮން ދުވަހަކަށް ކަމެއް ނޭނގުނު ނަމަވެސް މިރޭ ދަރުބާރުގޭގައި އިއުލާނު ކުރީ ޖަލްސާ ކެންސަލް ކުރީ މާލެއަށް މޫސުން ގޯސްވެ ވިއްސާރަވުމުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ޖަލްސާ ކެންސަލް ކުރީ ބައިވެރިވާން ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ދަރުބާރުގެއަށް ދައުވަތު ދިން މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މީހުން ވެސް ހާޒިރުވެފައި ވަނިކޮށެވެ. އޭގެ ތެރޭގައި ބައެއް ވަޒީރުންނާއި މަޖިލީހުގެ މެންބަރުން ވެސް ހިމެނެ އެވެ،
ޔޫތު މިނިސްޓްރީން ވެސް ބުނީ، ޖަލްސާ ފަސްކުރީ މޫސުން ގޯސްވެގެން ކަމަށެވެ. އެ ޖަލްސާ ދެން ބާއްވާނެ އިރެއް އެ މިނިސްޓްރީން އަދި ހާމަ ނުކުރެ އެވެ.
މިރޭގެ އެހަފުލާއަކީ ޒުވާނުންގެ އެވޯޑް ދޭ ހަފުލާ އެވެ.
މޫސުން ގޯސްވުމުން ޒުވާނުންގެ އެވޯޑް ޖަލްސާ ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ