މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 60 ޕަސެންޓް މަސައްކަތް ނިމިއްޖެ

މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް އެމަސައްކަތް ކުރިޔަށްގެންދާ  މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެގޮތުން ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 28 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ފަށާފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 412 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނިފައިވާއިރު، މި މަޝްރޫޢަކީ 17.6 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ