ރޭ މެންދަމުން ފެށިގެން ކިނބިދޫން ކަރަންޓް ކެނޑިފައި!

ތ. އަތޮޅު ކިނބިދޫގައި ރޭ މެންދަމުން ފެށިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ކައުންސިލްގެ ރައީސް މުހައްމަދު ނަސީމް މިއަދު ވިދާޅުވީ އިންޖީނުގެ އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން އުޅެނީ އިންޖީނަށް އެޅި ތެލުގައި ރަބަރު ކޮޅުތަކެއް ހުރުމުން ކަމަށް ބެލޭވޭ ކަމަށެވެ.
"އިރު އިރުކޮޅާ އިންޖީނުތައް ނިވެނީ. އިންޖީނަށް އެޅި ތެލުގައި ކޮންމެ ވެސް ވަރަކަށް ރަބަރު ކޮޅުތަކެއް ހުރުމުންކަން އެގުނީ އިންޖީނު ނިވުމުން ޗެކުކުރުމުން. އަޅުގަނޑުމެން މިހާރު މިދަނީ މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ކުރަމުން،" ނަސީމް ވިދާޅުވި އެވެ.
ކިބިނދޫން ވާހަކަ ދެއްކި މީހަކު ސަން އަށް މަޢުލޫމާތުދެމުން ބުނީ އެ ރަށުން މިހާރު ކަރަންޓް ކަނޑައިގެން ގޮސްފައިވާތާ ތިން ދުވަސްވެފައިވާ ކަމުގަ އެވެ. އިރުއިރުކޮޅާ ކަރަންޓް ކަނޑައިގެން ދިޔަ ނަމަވެސް ކަރަންޓު ލިބޭނީ އެތައް ގަޑިއިރެއް ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.
"ހަފުތާއެއް މިވަނީ މިހެން ކަރަންޓް ކަނޑައިގެންދާތާ މިކަމަށް އެއްވެސް ހައްލެއް ނާދޭ. ސުކޫލްގެ އިމްތިހާނުގެ ދުވަސްވަރު ކުދިންނަށް ފިޅާވަޅެއް ދަހެއް ނުކުރެވޭ އަދި ހޫނުގަދަކަމުން ކުޑަކުދިންނަށް ސިއްހީ ގޮތުން ވެސް އެކިކަހަލަ މައްސަލަތައް ކުރިމަތިވަމުން އަންނަނީ،" ކިނބިދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކައުންސިލްގެ ރައިސް ވިދާޅުވީ އެ ރަށުގެ އިންޖިނުގެ އަދި ހިންގަމުން އަންނަނީ ރައްޔިތުންގެ ނަންމަތީގައި ކަމުގައިވީ ނަމަވެސް އިންޖީނުގެ ޔުޓިލިޓީ ކުންފުންޏާ މީގެ ކުޑަދުވަސްކޮޅެއް ކުރިން ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ފަރާތުން ރަސްމީކޮށް ވަނީ އިންޖީނުގެއާ ހަވާލުނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ