ގާސިމް އަށް ދޫކޮށްފައިވާ 3 ރަށާއި 3 ފަޅެއްގެ އެއްބަސްވުން ބާތިލް ކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ 3 ރަށާއި 3 ފަޅު ގާސިމް އަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލް ކޮށް އެތަންތަން ސަރުކާރަށް ނަގައިފި އެވެ.
ސަރުކާރަށް ނަގާފައި ވަނީ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިއްފަޅެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެތަންތަނުގެ އެއްބަސްވުންތަށް ބާތިލުކުރީ ، އެއްބަސްވުމާ ހިލާފުވެފައިވާތީ ކަމަށެވެ.
ގާސިމަށް ދޫކުރި ރަށްތަކާއި އެހެން ފަޅުތަކުގެ އިތުރުން ވެސް، އެހެން ބައެއް ފަރާތްތަކަށް ދޫކޮށް، ތަރައްގީ ނުކޮށް ހުރި ގިނަ ތަންތަނުގެ އެގްރީމަންޓް ޓޫރިޒަމުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ.
މީގެ އިތުރުން ގަވައިދުން ކުލި ނުދައްކާ ރިސޯޓްތަކުން ޖޫރިމަނާ ފައިސާ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައްކަން ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ މިހާރު އަންގައިފަ އެވެ.
ޓޫރިޒަމުން ބުނީ ކުލި އަދި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އެއްބަސްވުން ބާތިލްކޮށް، ސަރުކާރަށް އެ ރިސޯޓްތައް ނަގަން ވެސް ނިންމާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ