އެމްޑީޕީއިން ބާއްވަން އިއުލާނުކޮށްފައިވާ ރިޔާސީ ޕްރައިމަރީއަށް މިހާތަނަށް ކުރިމަތިލާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު (އަންނި) އެކަނިކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީގެ ސްޕޯކްސްޕަރސަން އަދި މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އިއްޔެ މެންދުރުފަހު، ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރަން ބޭނުންވާކަމަށް ބުނެ، އެމްޑީޕީގެ އިދާރާއަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.
ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީއިން މުޒާހަރާ ބާއްވަމުންދާ ސަރަހައްދުގައި ވާހަކަދައްކަމުން އިމްތިޔާޒު ވިދާޅުވީ އެއްވެސް އެހެން ފަރާތަކުން އަދި މިހާތަނަށް ޕްރައިމަރީގައި ވާދަކުރަން އެދި ހުށަހަޅާފައިނުވާ ކަމަށެވެ.
"އަދި މިހާތަނަށް އިތުރު ފަރާތަކުން ކެންޑިޑޭޓަކަށް ވުމަށް އެދި ހުށަހަޅާފައެއް ނުވޭ. އެހެންނަމަވެސް އަދި ކުރިމަތިލާން ވަގުތު އެބައޮތް" އިމްތިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީއިން ރިޔާސީ ޕްރައިމަރީ ބާއްވަން އިއުލާންކޮށްފައިވަނީ މިއަންނަ މޭމަހުގެ 5 ވަނަ ދުވަހުގައެވެ. ޕްރައިމަރީއަށް ކުރިލަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކަމަށް އެމްޑީޕީއިން މައުލޫމާތުދެއެވެ.
މިހާތަނަށް ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ ރައީސް ނަޝީދު އެކަނި: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ