ރޭ މާލެއިން ކަރަންޓް ކެނޑުނީ ޖަނަރޭޓަރެއްގެ ކޫލިންގ ސިސްޓަމް ފެއިލްވުމުން: ސްޓެލްކޯ

ރޭ ގާތްގަނޑަކަށް 8 ޖަހިއިރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެން މެދުވެރިވީ އާދައިގެ މައްސަލައެއްގައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް މައުލޫމާރު ދެއްވަމުން ވިދާޅުވީ ރޭ ކުއްލިއަކަށް ކަރަންޓް ކެނޑެން މެދުވެރިވީ ސްޓެލްކޯއިން ބޭނުންކުރަމުން އައި ބޮޑު އިންޖީނެއްގެ ކޫލިންގ ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށާއި ގަޑިއެއްހާއިރު ތެރޭ އެކަން ހައްލުކޮށްފައިވާކަމަށެވެ.
"ރޭ ކަރަންޓް ކެނޑެން މެދުވެރިވީ ބޭނުން ކުރަމުން ދިއަ ބޮޑު އިންޖީނެއްގެ ކޫލިންގ ސިސްޓަމް ފެއިލްވުމުގެ ސަބަބުން އިންޖީނު ނިވުމުން، މީ ހަމަ އާދައިގެ މައްސަލައެއް" އޮފިޝަލް ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ މީ ފަހުން ބޭނުން ކުރަންފެށި އިންޖީނަކަށް ދިމާވި މައްސަލައެއް ނޫންކަމަށާއި މީ ކުރިންވެސް ބޭނުން ކުރަމުން އައި އިންޖީނަކަށް ދިމާވި މައްސަލައެއް ކަމަށެވެ.
ރޭ މާލޭގެ ބޮޑު ހިސާބަކުން ކަރަންޓް ކެނޑުނުތާ ގާތްގަނޑަކަށް 30 މިނެޓުގެ ތެރޭގައި ކަރަންޓް ވަނީ އަލުން ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ