ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު އިންޑިއާގައި ބައްދަލުކުރައްވައިފި އެވެ.ބޮޑުވަޒީރުގެ އޮފީހުގައި މިއަދު ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ޓްވީޓު ކުރައްވައިފަ އެވެ. މޯދީ އަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓްވީޓުގައި، މައުމޫން ވިދާޅުވި ގޮތުގައި އެ މަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެކެވެ. With Mr. @maumoonagayoom , Former President of Maldives. pic.twitter.com/xj1QY0KagC— Narendra Modi (@narendramodi) February 5, 2015
މޯދީ ކުރެއްވި ޓުވީޓު"ރާއްޖެ އާއި އިންޑިއާ އަކީ ޒަމާންވީ، ގާތް ދެ ރަހުމަތްތެރިން،" ވެރިކަންކުރާ ޕީޕީއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން ވިދާޅުވި އެވެ.އެހެން ނަމަވެސް، މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. Thank you Hon PM @narendramodi it was a great privilege calling on Your Excellency today. Maldives and India are great traditional friends.— Maumoon Abdul Gayoom (@maumoonagayoom) February 5, 2015
މައުމޫން ކުރެއްވި ޓުވީޓުމައުމޫން އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވިއިރު، ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު މިއަހަރުގެ ނޮވެމްބަރު އެކަކަށް ފުރޭނެ އެވެ. އެ ތާރީހީ މުނާސަބަތު ފާހަގަކުރުމަށް ދިވެހި ސަރުކާރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގުޅިގެން އަންނަނީ ގިނަ ހަރަކާތްތަކެއް މިހާރު ވެސް ހިންގަމުންނެވެ. މައުމޫން އިއްޔެ އިންޑިއާ އަށް ވަޑައިގަތީ، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ދަ އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ)ން އިންތިޒާމުކޮށްގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ގެންދާ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.އެ ސަމިޓުގައި މައުމޫން މިއަދު ވިދާޅުވީ މިދިޔަ 39 އަހަރު ރާއްޖޭގެ ހޫނުމިން 0.6 ޑިގްރީ ސެލްސިއަސް އަށް އިތުރުވެފައިވާ ކަމަށާއި ފާއިތުވި 20 އަހަރު ތެރޭގައި 60 މިލިމީޓަރަށް ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ ކަމަށެވެ. އަދި ރާއްޖެ ފަދަ ބިން ތިރި ގައުމުތަކަށް ދުނިޔެ ހޫނުވުމުގެ މައްސަލަ އަކީ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެ، އެކަމަށް ސަމާލުވާން އެ މަނިކުފާނު ގޮވާލެއްވި އެވެ.ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓްގައި މައުމޫން މިއަދު ބައިވެރިވެވަޑައިގަންނަވަނީ. ދިއްލީ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓަކީ ޓެރީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ސަމިޓެކެވެ. މިއީ އެ ޖަމިއްޔާގެ 15 ވަނަ ބައްދަލުވުން ކަމަށް ވާއިރު، މި ފަހަރަކީ މައުމޫން އެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ތިންވަނަ ފަހަރެވެ. އަދި 2009 ވަނަ އަހަރުގެ ޓެރީ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެވޯޑް މައުމޫނަށް ވަނީ ލިބިވަޑައިގެންފަ އެވެ.
މައުމޫން، މޯދީއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ