އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެތީގެ ގާނޫނާ އެކު މަސްތުވާތަކެތީގެ މައްސަލަތައް ބެލުން މަޑުޖައްސާލާފައި އޮތުމަށް ފަހު ޖުވެނައިލް ކޯޓުން މިއަދު އޭގެ މައްސަލަތައް ބަލަށް ފަށައިފި އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ކޯޓުގައި އޮތް މަސްތުވާތަކެތީގެ 44 މައްސަލައިގެ ތެރެއިން ޑްރަގް ކޯޓްގެ އިހްތިސާސް ހިނގާ ތިން މައްސަލަ މިހާރު ޑްރަގް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފްވެފައިވާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ބެހޭ އާ ގާނޫނު ވުޖޫދަށް އައުމުން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުންވަނީ މަސްތުވާތަކެތީގެ މައްސަލަތައް ބެލުން މަޑުޖައްސާލި ނަމަވެސް ކްރިމިނަލް ކޯޓުން ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވަނީ މައްސަލަތައް އަލުން ބަލަން ފަށައިފަ އެވެ.
މަސްތުވާތަކެތީގެ ގާނޫނު ބުނާގޮތުން އެ ގާނޫނު ވުޖޫދަށް އައުމުން ޖުވެނައިލް ކޯޓާއި ކްރިމިނަލް ކޯޓުގައި ހުރި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މައްސަލަތަކަކީ ކޮބައިކަން އެ ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންނާއި ޕްރޮސިކިއުޓާ ޖެނެރަލް މަޝްވަރާކޮށް ނިންމަން ޖެހެ އެވެ. އަދި ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ޑްރަގް ކޯޓަށް ބަދަލުކޮށް ނިންމަން ވެސް އެ ގާނޫނުން ލާޒިމްކުރެ އެވެ.
ޖުވެނައިލް ކޯޓުން މަސްތުވާތަކެތީގެ މައްސަލަތައް އަލުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ