ދައުލަތަށް 50 އަހަރަށްވުރެ ދިގުމުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޢަލީ އުމަރު މަނިކު ހޯމަ ދުވަހު އަޞްރު ނަމާދަށްފަހު ސިންގަޕޫރުގައި ފަސްދާނުލަން ހަމަޖައްސައިފިއެވެ.
ޢަލީ އުމަރު މަނިކުގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫނުގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނީ ދިވެހި ޚާރިޖިއްޔާ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ހޯމް މިނިސްޓަރ އުމަރު ނަޞީީރު އެވެ.
އެ މަރްޙޫމުގެ މައްޗަށް މާލޭގައި ޣައިބަށް ކަށުނަމާދު ކުރުން އޮންނާނީވެސް މާދަމާގެ ވަގުތެއްގައެވެ. ކަށުނަމާދު އޮންނާނެ ވަގުތު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާނު ކުރައްވާނެ ކަމަށް ރައިސުލްޖުމްހޫރިަޤޔޢގެ ަޮފީހުން ވަނީ ވިދާޅުވެފައެވެ.
ޢަލީ ޢުމަރު މަނިކު އަވަހާރަވީ، ރޭ ރާއްޖޭ ގަޑިން 9:30 އެހާއިރު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައެވެ. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ޢަލީ ޢުމަރު މަނިކަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާގެ ތަރައްޤީއަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.
ޢަލީ ޢުމަރު މަނިކު ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ދެއްވި އެންމެ އަގުބޮޑު އެއް ހަދިޔާއަކީ، ދިވެހި ސަރުކާރުގެ ޚިދްމަތުގައި އެމަނިކުފާނު ހޭދަކުރެއްވި 50 އަހަރުގެ ދިގު މުއްދަތުގައި، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، ލިބިވަޑައިގެންނެވި ތަޖުރިބާތަކާއި، އަދި ރާއްޖެއަށް އައި އެކިއެކި ބަދަލުތައް ހިމަނުއްވައިގެން، އެމަނިކުފާނު އިނގިރޭސިބަހުން ލިޔުއްވި "މައި ލޮގް ބުކް" މި ފޮތެވެ. "އަޅުގަނޑުގެ ދުވަހު ފޮތ" މި ނަމުގައި މި ފޮތްވަނީ ދިވެހިބަހުންވެސް ޝާއިޢުކުރައްވާފައެވެ.
އަލީ އުމަރު މަނިކު ފަސްދާނުލުން މާދަމާ އަސްރު ނަމާދަށްފަހު ސިންގަޕޫރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ